ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 12:39
ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންދަނީ
ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންދަނީ
އަޒުމޫން އަހުމަދު
ގާނޫނީ ވަކީލު ސިރާޖު ހައްޔަރު
ވަކީލު ސިރާޖު އެޕާޓްމަންޓު ބަލައި ފާސްކޮށް، ހާޑަކާއި ޕެންޑްރައިވެއް ގެންގޮސްފި
ހައްޔަރު ކުރީ އަދީބު ނެރުނު ބަޔާންތަކާ ގުޅިގެން
ހަޑިހުތުރު ބަހުން ލިޔުން ތައްޔާރު ކުރި ކަމަށް ތުހުމަތުކޮށްފައިވޭ
ސިރާޖު ވިދާޅުވީ މިކަން ނިމެނީ ކަމަށް

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް، ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ސިރާޖު ހައްޔަރު ކުރުމަށް ފަހު، އޭނާ ދިރިއުޅުއްވާ ގ. ހުމަށި ގޭގެ، އެޕާޓްމަންޓް ބަލައި ފާސްކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ކޯޓު އަމުރެއްގެ ދަށުންނެވެ. ސިރާޖުގެ ހާޒިރުގައި އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، އޭނާގެ އޮފީހުގެ ބައެއް ލިޔެކިޔުންތައް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު އެ ގެއިން ސިރާޖު ނެރެގެން ގެންދިޔަ ވަގުތު އޭނާ ވިދާޅުވީ "މިކަން މި ނިމެނީ" ކަމަށާއި އާދީއްތަ ދުވަހު ބާއްވާ އިންތިހާބުގައި ހުރިހާ ރައްޔިތުން ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިރާޖުގެ ގާނޫނީ ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ އޭނާގެ ގެއިން ބައެއް ލިޔެކިޔުންތަކާ އެކު، ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްވާ ގޮތަށް، އަދީބާ ހަވާލާ ދެއްވައި ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ހިމެނޭ ބަޔާންތަކެއް ނެރުނު ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް ކަމަށް ވަކީލު ވިދާޅުވިއެވެ.

"ނޫސްބަޔާންތަކެއް ނެރުއްވައި ސާބިތު ނުހިފޭ ދޮގު ޚަބަރުތަކެއް، ދައުލަތުގެ އާންމު އިދާރާތައް ހިމެނޭ ގޮތަށް، ޝާއިއުކޮށް، ރިޕޯޓް ކުރަމުންދިޔުމާއި ހަޑިހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ގޮތުން ސިރާޖު ހައްޔަރުކޮށްފައި ވަނީ،" ސިރާޖުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލުން ނެރުއްވި ނޫސްބަޔާންތަކުގައި އާންމުކޮށްފައި ވަނީ މީގެ ކުރިން އަދީބު ހާމަނުކޮށް ހުރި ވާހަކަތަކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އެންގެވުމަށް ކުރެއްވި ކަމަށް ބުނާ ކަންތައްތަކާއި ކޮރަޕްޝަނާއި ފަސާދަ އާއި ސިހުރާ ގުޅުން ހުރި ވާހަކަތަކެއް އަދީބު ވަނީ ފެންމަތި ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ސެޕްޓެންބަރ 2018 | ހުކުރު 10:38
nanneh
Ehkala divehi raajje ah mashhooru pendrive