ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 11:56
މާލޭގެ އަމީނީ މަގުގައި ފެންބޮޑުވެފައި
މާލޭގެ އަމީނީ މަގުގައި ފެންބޮޑުވެފައި
ގޫގުލް
ރާއްޖޭގެ މޫސުން
ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް އޮފީސް
ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މަދަމާރޭ 08:00 އަށް ރާއްޖޭގެ އެކި ހިސާބާށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 16 މޭލު ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ ހުރިހާހިސާބެއްގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް