ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:16
މާރާމާމާރި ހިނގި ސަރަހައްދުން މީހަކު ހައްޔަރު ކޮށްގެން ގެންދަނީ
މާރާމާމާރި ހިނގި ސަރަހައްދުން މީހަކު ހައްޔަރު ކޮށްގެން ގެންދަނީ
ޓްވިޓަރ
ވަޅިހެރުން
މާލޭގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
މާރާމާރީ ހިނގީ ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއްކައިރު
މާރާމާރީ ހިންގާފައި ވަނީ ހެންވޭރުކޮޅުގައި ހުންނަ ވެލިގާ ހާޑްވެއަރ ކައިރިން

މާލޭގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި ކަމަށް ރާއްޖޭގެ ބައެއް ދުވަހު ނޫސްތަކުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާ ކަންހާއިރު މި މާރާމާރީ ހިންގާފައި ވަނީ ހެންވޭރުކޮޅުގައި ހުންނަ ވެލިގާ ހާޑްވެއަރ ކައިރިންކަމަށް ނޫސްތަކުން ބުނެއެވެ.

މާރާމާރީ ހިނގީ ތިން ޒުވާނުންނާއި އެހެން ޒުވާނަކާ ދެމެދު ކަމަށާއި އެ ތިން ޒުވާނުން ވަނީ ވަކިން ހިނގާފައި ދިޔަ ޒުވާނާގެ ކަރަށް ވަޅިހަރާފައިކަމަށް މަންޒަރުދުށް މީހުންނާއި ހަވާލާދީ އެ ނޫސްތަކުން ބުނެއެވެ. 

އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާއިރު ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންކަމަށާއި ޒަޚަމްވި ޒުވާނާ އޭޑީކޭގައި ފަރުވާ ދެމުންދާކަމަށް ވެސް އެ ނޫސްތަކުން ބުނެއެވެ. ނަމަވެސް ފުލުހުން އަދި އޭޑީކޭގެ ބަހެއް ނުލިބޭތީ އެކަން ކަށަވަރު ވަނީ ނުކުރެވިފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިމަހުގެ އެއްވަނަ ދުވަހު އެމްއެމްއޭ ކައިރިން ޒުވާނެއްގެ ކަރަށް ވަޅި ހަރައި މަރާލައިފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް