ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 10:52
ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ
ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ިރިޔާސީ އިންތިޚާބު 2018
ދުނިޔޭގެ ސަފުން ބާކީވެފައިވާ، މާފިއާ ދައުލަތަކަށް ރާއްޖެ ވެއްޖެ: އިންތި
އިބްރާޙިމް މުހައްމަދު ސޯލިޙް (އިބޫ) ރާއްޖޭގައި އިންސާފު ޤާއިމްކޮށްދެއްވާނެ

ދިވެހިރާއްޖެއަކީ ދުނިޔޭގެ ސަފުން ބާކީވެފައިވާ، މާފިއާ ދައުލަތަކަށް ވެފައިވާ ޤައުމެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވަނީ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަންނަވާއިރު ގިނަ އަދަދެއްގެ ހަތިޔާރު އެޅި ސިފައިން ގޮވައިގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ވާހަކަފުޅުތަކުގައި ވައްކަމުގެ ވާހަކަ ދައްކަވާތީ އާއި، މިސާލު ބަހެއް ނެންގެވިޔަސް ވައްކަމުގެ ވާހަކައަށް އިޝާރާތްކުރައްވާތީ އިންތި އެކަމަށް ފާޑުވިދާޅުވިއެވެ. އަދި ވައްކަމަކީ ޠަބީޢަތުގައިވާ ކަމެއްކަމަށް ދަރިންނަށް ވިސްނައިދިނުމަށް ސަރުކާރުން މަސައްކަތްކުރާތީ އެކަމަށް ނަފްރަތުކުރައްވާކަމަށް އިންތި ވިދާޅުވިއެވެ. 

މީގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ވައްކަމުގެ މައްސަލަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ހަމައިން ނިމޭކަމަށް ރައީސް ޔާމީން ވިދާޅުވެ، ފަހުން އެކަމުގައި މަރުކަޒީ ބޭންކާއި އެހެން ތަންތަނުގެ އިހުމާލު ވިދާޅުވުމުން، އެކަމަށް ވެސް އިންތި ވަނީ ފާޑުވިދާޅުވެފައެވެ. 

އިންތި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިޙް (އިބޫ) ރާއްޖޭގައި އިންސާފު ޤާއިމްކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގައި މަރާލެވިފައިވާ ފަރާތްތަކާއި، ގެއްލުވާލެވުނު ފަރާތްތަކާއި އަދި އެކިއެކި ތޫނު ހަތިޔާރާއި އެހެނިހެން ހަތިޔާރުގެ ޝިކާރަޔަކަށްވި ފަރާތްތަކަށް އިބޫ އިންސާފު ހޯއްދަވައި ދެއްވާނެކަމަށް އިންތި ވިދާޅުވިއެވެ. އަދި ޖިނާޢީ ފުރިހަމަ ތަހުޤީޤުހިންގައި، އަދަބު ލިބެން ޖެހޭ ފަރާތްތަކަށް އަދަބުވެސް ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އިންތި ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫނަށް އަނިޔާވެރި ވެފައިވާ ކަމަށާއި، އަދި އެފަދަ ބޭފުޅަކު ރައްޔިތުންނަށް އަނިޔާވެރި ނުވެ ނުހުންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް