ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 00:36
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
މިވަރުގެ ދޮގު ހަދާ ވެރިޔެއް ނެތް: ވައްޑޭ
ރަށްރަށުގެ 90 ޕަސެންޓް ތާއީދު އޮތީ އިބޫއަށް
ރައީސް ޔާމީން ދައްކަވާ ވާހަކަތައް ދިމާ ނުވޭ

އެއްވެސް ހާލެއްގައި މިވަރުގެ ދޮގު ހަދާ ވެރިއެއް ނެއް ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ގިނަ ރަށްތަކަކަށް ވަޑައިގެން މާލެއަށް ފަހު އެންމެ ބޮޑު ހަރަދެއް ކުރެއްވި ރަށަކީ އެރަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު އެވާހަކަތައް ދިމާކުރާނެ ގޮތެއްވެސް ނޭންގޭ ކަމަށެވެ. އެގޮތުން ގދ.ތިނަދޫއަށް ވަޑައިގެންނާއި ފުވައްމުލަކަށް ވަޑައިގެންވެސް އެމޭރުމުން ވާހަކަދެއްކެވި ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ، މި އަނިޔާވެރިކަމުގެ ތެރެއިން ސަލާމަތްވާނެ ކަމަށާއި އިބޫ ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކުންވެސް 90 ޕަސެންޓް ތާއީދު ލިބިފައިވާ ކަމަށެވެ. ވަރަށް ބޮޑު ތަފާތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ޕީޕީއެމްގެ ރައީސެއްގެ ގޮތުގައި ރައީސް މައުމޫން ވަޑާއިގަންނަވާނެ." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަރަފުވެރިކަމާއެކު ގައުމީ ބަތަލެއްގެ ގޮތުގައި އާއިލާއާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ނުހައްގުން ޖަލުގައި ހުކުމް ކުރަމުންދާ ފަރާތްތަކުން އާއިލާތަކާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް