ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 00:56
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫގައި ބޭއްވި ޖަލްސާގައި ޑީޑީ ވާހަކަފުޅު ދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫގައި ބޭއްވި ޖަލްސާގައި ޑީޑީ ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ ރޭސް 2018
ދީދީގެ އިލްތިމާސް ޝިޔާމަށާއި ނަވާޒަށް: ހައްގު ދިފާއު ކުރަން ހުވާ ނަގާނުލާ!
ރައްޔިތުންގެ މަންދޫބުންގެ ޒިންމާއަކީ ގާނޫނުތައް ދެމެހެއްޓުންކަމަށް ޑީޑީ ވިދާޅުވި
ވޯޓުލައިގެން ވެރިކަން ކުރުމަކީ ބަގާވާތެއް ނޫންކަމަށް ޑީޑީ ވިޑާޅުވި

އެކެއްގެ ހައްގު ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ނަގާނުލުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ގައުމު އަޑިގަނޑަކަށް ވައްޓާލައި އެކެއްގެ މަސްލަހަތު ދިފާއު ކުރުމުން ދުރުވުމަށާއި ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ޒިންމާ އަދާކުރެއްވުމަށެވެ. 

ރައްޔިތުންގެ މަންދޫބުންގެ ޒިންމާއަކީ ގާނޫނުތައް ދަމަހައްޓާ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރުމުގެ އިތުރުން އިންސާފު ގާއިމް ކުރުން ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި އެކަމަކީ ﷲ ސުބްހާނަހޫ ވަތައާލާ އަންގަވާފައި އެންމެ މުހިންމު އެއް އަމުރުކަމަށް ޑީޑީ ވިދާޅުވިއެވެ.

"އެއީ އިލްކްޝަން ކޮމިޝަނުކަމުގައި ވިޔަސް، ދިވެހި ފުލުހުން ކަމުގައި ވިޔަސް، ދިވެހި ސިފައިން ކަމުގައި ވިޔަސް މިއިން ކޮންމެ ބައެއްގެ ހުވާގައި، ހުވާކޮށްގެން ތިބީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، ގާނޫނު އަސާސީއާ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ، އަދި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށްގެން"

ޑީޑީ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަނީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ދެމިއޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިއަކު އައްޔަން ކުރުމަކީ ރައްޔިތު މީހާގެ ހައްގެއް ކަމަށާއި އެއްވެސް ހާލަތެއްގައި އެވަގުތަކު ވެރިކަން ކުރަން ހުރި މީހެއް ވޯޓުން ބަދަލު ކުރުމަކީ ބަގާވާތަކަށް ނުވާނެ ކަމަށެވެ. ރައްޔިތުންގެ އެފަދަ ނިންމުމެއް ނިންމަން ގާއިމްކޮށްފައިވާ ނިޒާމް ފަސާދަ ކުރަން އުޅުމަކީ ދީނީ އަދި ގާނޫނީ ގޮތުން ބޮޑު ކުށެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ﷲ ގަންދީ ހުވާ ކޮށްގެން ތިބި މީހުންނަށް އެ ތިބެވެނީ ކުރި ހުވަޔާވެސް ޚިލާފުވެގެން ކަމަށާއި ރައްޔިތުންނަށްވެސް ހަރާމްކޯރުވެގެން ކަމަށް ދީދީ ވިދާޅުވިއެވެ. އެކަހަލަ ކަމެއް މެދުވެރިވެއްޖެނަމަ ﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބެވި އިލެކްޝަންސް ކޮމިޝަނުންވެސް ޒިންމާ ނަގަން ޖެހޭނޭ ކަމަށް ޑީޑީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް