ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:59
އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ:-ވެރިކަމަށް އަންނަނީ އިންސާފު ގާއިމުކޮށްދިނުމަށް ކަމަށް ވިދާޅުވި
އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ:-ވެރިކަމަށް އަންނަނީ އިންސާފު ގާއިމުކޮށްދިނުމަށް ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އަޅުގަނޑުމެން ވެރިކަމަށް މި އަންނަނީ ނެތިގެން ގޮސްފައިވާ އިންސާފާއި ހަމަހަމަކަން އަނބުރާ ހޯދަދޭން: ފައިސަލް
ރައްޔިތުން ވީ ލޯބީގެ ބަދަލުދޭނަން

އެ ބޭފުޅުން ވެރިކަމަށް އަންނަނީ ނެތިގެން ގޮސްފައިވާ އިންސާފާއި ހަމަހަމަކަން އަނބުރާ ހޯދައިދޭން ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިދޭނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެ މިންވަރަށް ކަމަށެވެ. ފައިސަލް ވިދާޅުވީ ރަށްތަކުން އިބޫއަށާއި އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން ލިބުނު ލޯބީގެ ބަދަލު އެ ބޭފުޅުންގެ ސަރުކާރެއްގައި ދޭނީ އޯގާތެރިކަމާ ލޯތްބާއިއެކު ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ވެގެންދާނީ ގާނޫނަށް ހުރުމަތްތެރިކޮށްހިތާ ގާނޫނަށް އަމަލުކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ

"މާޒީގައި އިހްސާސްކުރެވިފައިވާ ހިތި ރަހަ ބަދަލުކޮށްލާނީ ފޮނި ރަހަތަކަކަށް،" ފައިސަލް ވިދާޅުވި އެވެ.  

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ފައިސަލް ވިދާޅުވީ މެޑަމް ނަސްރީނާއަށް ނޮވެމްބަރު 17 ވެގެންދާނީ އެންމެ އުފާވެރި ދުވަހަށް ކަމަށެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ ފައިސަލް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ ތެރެއިން ފެނިފައިވަނީ މީގެ ކުރިން ދުވަހަކު ވެސް ގައުމު ނުދެކޭ ފަދަ ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށެވެ.

"ހަމަ އެކަނި އެ ސަބަބުތަކަށްޓަކައި ވެސް ޔާމިނާ ދެކޮޅަށް ވޯޓުދޭން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް