ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:56
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވާހަކަ ދައްކަވަނީ
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިގްތިސާދީ ނާރެހަކަށް އައްޑޫ ބަދަލުވެގެންދާނީ އިބޫގެ ވެރިކަމުގައި: މޭޔަރު ސޯދިގު
އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިންގެ މަންޒިލަކަށް އައްޑޫ ބަދަލުވެގެންދާނެ
އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫއިން ބިން ދޫކުރެވިގެންދާނެ
ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ އިބޫއަށް

އިގްތިސާދީ ނާރެހަކަށް އައްޑޫ ސިޓީ ބަދަލުވެގެންދާނީ ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ހޮވައިގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން ބޭއްވި ޖަލްސާގައި ސޯދިގު ވިދާޅުވީ އިބޫގެ ވެރިކަމުގައި އައްޑޫއަށް ގެނެސްދެއްވާނެ ކަމުގެ ތަރައްގީ އިއުލާން ކޮށްފައިވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ ހަމައެކަނި އެމަނިކުފާނަށް ކަމަށެވެ.

ސޯދިގު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވައި އައްޑޫގެ ކައުންސިލަށް ވެސް ސިޓީ ހޮޓެލްތައް ހިންގުމަށް ފުރުސަތު ލިބޭނެ ކަމަށާއި، ފަތުރުވެރިންގެ މަންޒިލަކަށް އައްޑޫ ސިޓީ ވެގެންދާނެ ކަމަށް އިބޫގެ ވެރިކަމަށް ގެނެވިގެން ކަމަށެވެ.

މަސްވެރިކަމަށް އަލިއަޅުއްވާލައްވާ ސޯދިގު ވިދާޅުވީ މަސްވެރިންނަށް ފަސޭހައިން އެން ލިބުމުގެ ފުރުސަތު ހޯދައިދީ މަސްވެރިން ކުރާ މަސައްކަތުގެ ފުރިހަމަ އަގު ލިބޭނެ ގޮތް ހޯއްދަވައިދެއްވާނީ ވެސް އިބޫގެ ވެރިކަމުގައި ކަމަށެވެ.

"ހުޅުމީދޫގައި ދާދިފަހުން ރިބަން ކެޑުއްވި މަސްނުގަންނަ އަދި މިހާތަނަށް އެންމެ މަހެއް ވެސް ނުގަނޭ އެނގޭތޯ ނުގަންނަ ފެކްޓްރީ މަސް ބަންދުކުރާ މަސް ގަންނަ ކާރުހާނާއަކަށް ބަދަލުކުރައްވާނަމޭ އިބޫ ވަނީ ވައުދުވެފަ. މިއީ ދިވެހިން ބޭނުންވާ ތަރައްގީ" ސޯދިގު ވިދާޅުވިއެވެ.

ސޯދިގު ވިދާޅުވީ އިބޫގެ ވެރިކަމުގައި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް މަންފާ ލިބޭނެ މަގުތައް ހޯދައިދޭނެ ކަމަށެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރެއްވި އައްޑޫއިން ވެސް އެންމެ ފުރިހަމަ ސިއްހީ ޚިދުމަތް ލިބޭނެ ކަމުގެ ޔަގީން ދީފައި އޮތުމަކީ އައްޑޫގެ ރައްޔިތުންގެ އުންމީދު ކަމަށް ސޯދިގު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކުރައްވައި ސޯދިގު ވިދާޅުވީ އައްޑޫއިން ވެސް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ގެދޮރު ލިބޭނެ ކަމަށާއި، މިމައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫއިން ބިން ދޫކުރާނެ ކަމަށް ވެފައިވާ ވައުދަކީ އައްޑޫ ރައްޔިތުން ހެއްވާލި ވައުދެއް ކަމަށް ސޯދިގު ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫއަށް ތަރައްގީ ގެނައުމަށް ހުރިހާ ރައްޔިތުން ވެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އަށް ވޯޓުދޭން ޖެހޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް