ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:39
އެމްއެންޑީއެފްގެ އުޅަނދެއް: ގެއްލިގެން ހޯދަމުން ދަނީ ށ.ބިލެތްފަހި، ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން
އެމްއެންޑީއެފްގެ އުޅަނދެއް: ގެއްލިގެން ހޯދަމުން ދަނީ ށ.ބިލެތްފަހި، ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން
އެމްއެންޑީއެފް
ގެއްލިގެން ހޯދުން
ރިސޯޓަކުން މާލެ ދަތުރުކުރި ދޯންޏެއްގެ ކެޕްޓަނަކު ކަނޑަށް ވެއްޓި ގެއްލިއްޖެ
އޭނާ ގެއްލުނީ މިއަދު އިރުއޮއްސުނު ވަގުތު
ގެއްލުނީ ށ. ވިލެއްފައްސަށް ނިސްބަތްވާ ޒުވާނެއް
އޭނާއާއެކު ދެ ބިދޭސީއަކު އެ ދޯނިން ދަތުރުކުރި

އއ.ސަފާރީ އައިލެންޑް ރިސޯޓު (މުށިމަސްގަލި) އިން މާލެ ދަތުރުކުރި ދޯންޏެއް ކެޕްޓަނަކު ކަނޑަށް ވެއްޓި ގެއްލިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ގެއްލިފައި ވަނީ ށ.ބިލެތްފަހި، ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާނެވެ. އޭނާއާއެކު ދެ ބިދޭސީއަކު އެ ދޯނިން ދަތުރުކުރިއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމަށާއި، އޭނާގެ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓް ހުންނާނެ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި ސިފައިންގެ ޑައިވަރުންނާއެކު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް މަޢުލޫމާތު ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް