ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 22:55
ވަކީލު ސިރާޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން
ވަކީލު ސިރާޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން
މުހައްމަދު ޝަރުހާން
އަދީބުގެ ވަކީލުން
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ހައްޔަރުކޮށްފި
އޭނާގެ މަައްޗަށް ތުހުމަތުކޮށްފައިވަނީ ރައީސް އަބުދުﷲ ޔާމީންއަށް ހަޑި ހުތުރުބަހުން މުއާމަލާތް ކުރި ކަމުގެ ތުހުމަތު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދި ހައްޔަރުކުރުމަށްފަހު ފުލުހުންގެ ހެޑްކުއަރޓަރސްއަށް މީހާރު އޭނާ ވަނީ ގެންގޮސްފައެވެ.

ސިރާޖު ހައްޔަރުކޮށްފައިވަނީ ޖިނާއީ ކުށެއް ކަމަށް ބެލެވިދާނެ އަމަލުތަކެއް ރައީސް ޔާމީނާއި އެހެން ފަރާތްތަކާއި ދައުލަތުގެ އާއްމު އިދާރާތައް ހިމެނޭ ގޮތަށް އާއްމުކޮށް ޝާއިއުކޮށް ރިޕޯޓް ކުރަމުން ދިޔުމާއި، ހަޑިހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ސާބިތު ނުހިފޭ ދޮގު ހަބަރުތައް ޝާއިއުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ ހެކި ނައްތާލަފާނެތީ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަތީ ކަމަށް ކޯޓު އަމުރުގައި ލިޔެފައިވެއެވެ. މި ކޯޓު އަމުރުގައި ހެއްކެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސޯޝަލް މީޑިއާގައި ނޫސް ބަޔާންތަކެއްގެ ސްކްރީންޝޮޓްތަކެކެވެ. 

އަދީބުގެ ވަކީލުގެ ގޮތުގައި މޫސާ ސިރާޖު ހުންނެވިއިރު ރައީސް އަބުދުﷲ ޔާމީނާއި ގުޅޭ ގޮތުން ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތްޕުޅުން ދާދިފަހުން ވަނީ ގިނަ ބަޔާންތަކެއް އާއްމުކުރައްވާފައެވެ.

އެ ބަޔާންތަކަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި ގިނަ ސިޔާސީ ފަރާތްތަކަކަށް ވަކީލުންގެ ބައްދަލުވުންތައްވެސް ވަނީ ހުއްޓާލާފައެވެ. އަދި ހައި ޕްރޮފައިލް ސިޔާސީ މީހުން ހައްޔަރުކޮށްފައިވާ މާފުށީ ޖަލުވަނީ އެލާޓަށް ގެނެސްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް