ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 22:59
މީގެ ތިން ރޭ ކުރިން ބޮޑު ޕިކަޕެއްގައި މުލީއާގެއަށް ބޮޑެތި ފޮށިގަނޑުތަކެއް ވައްދަނީ
މީގެ ތިން ރޭ ކުރިން ބޮޑު ޕިކަޕެއްގައި މުލީއާގެއަށް ބޮޑެތި ފޮށިގަނޑުތަކެއް ވައްދަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
ޕިކަޕް ވަދެއްފައިވަނީ މީގެ ތިން ރޭ ކުރިން ދަންވަރު 12:40 ހާއިރު
ބޮޑު ޕިކަޕެއްގައި ބޮޑެތި ފޮށިތަކެއްހުރި
މުލިއާގެ ސެކިއުރިޓީން ހަރަކާތްތެރިވި، ވެއްދީ ސިއްރުން

އަންނަ އާދިއްތަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، ސަރުކާރު ހިންގާ ޕީޕީއެމްގެ ކެމްޕެއިންގެ ރަސްމީ މަސައްކަތްތައް ހިންގަމުންދާ މުލީއާގެއަށް ރޭގަނޑު ދަންވަރު ބޮޑު ޕިކަޕެއް ފުރާ ފޮށިތަކެއް ވައްދައިފި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހިންގަވާ ޞަދަގާތު ފައުންޑޭޝަން ވެސް ހިންގާ ރިޔާސީ ގަނޑުވަރުކޮޅެއް ކަމަށްވާ މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ އަދަދެއްގެ ފޮށިގަނޑުތަކެއް ވައްދާފައިވަނީ މީގެ ތިން ރެއެއްވަރު ކުރިން ނެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި އެއީ ހޯމަ ދުވަހުގެ ރެ އެވެ. 

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން މީހާ ބުނިގޮތުގައި އެ ޕިކަޕް މުލީއާގެއަށް ވަނީ އެ ރޭ ދަންވަރު 12:40 ހާއިރު ކަމަށެވެ. އެ ޕިކަޕް މުލީއާގެއަށް ވަދެފައިވަނީ މުލީއާގެ ރަސްމީ މައި ގޭޓުން ކަމަށްވެސް އޭނާ ބުންޏެވެ. އެ ޕިކަޕް މުލީއާގެއަށް ވެއްދުމުގެ ކުރިން މުލީއާގެ ސެކިއުރިޓީ ބަލަހައްޓާ ދެމީހަކު ގޭޓް ކުރިމަތި މަގުތީގައި ހަރަކާތްތެރިވެފައިވާ ކަމަށާއި ޕިކަޕް ވައްދާފައިވަނީ މަގުމަތީގައި މީހަކު ފެންނަން ހުރިތޯ ބެލުމަށް ފަހުގައި ކަމަށްވެސް އޭނާ ބުންނެވެ. 

އޭނާ ބުނީ މުލީއާގެއަށް ވެއްދީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް ސެކިއުރިޓީ މީހުންގެ ހަރަކާތުން އެއީ ސިއްރުން މުލީއާގެއަށް ވައްދާ ފޮށިތަކެއްކަން ފާހަގަކުރެވުނު ކަމަށެވެ. 

މުލީއާގެއަށް އެސްޓީއޯގެ ކާޑު ގުދަނުން ބޮޑެތި ލޮރީތަކުގައި ކާޑު ވެއްދި މަންޒަރު މީގެކުރިން ރާއްޖެ.އެމްވީއަށް ވަނީ ފެނިފަ އެވެ. ކާޑު މުލީއާގެއަށް ވައްދައި، ޕެކެޓްކޮށް، ޞަދަގާތު ފައުންޑޭޝަންގެ ނަމުގައި ބަހާފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
21 ސެޕްޓެންބަރ 2018 | ހުކުރު 07:48
Beg bro
Makaru hadhann ulhunas miee dhenn bodu varu ihulaas therikameh neiyy meehaku kihineh rangalhu veriyakah veveynee
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 20:59
Hama meeheh
Yageen vess nuvaa Habareh, meehaku buni bunumakah thi jahaaliyyo. Muliaage ah viyya ehcheh nuvahdhaa dhw thiben vaani