ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:40
އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމަށް މެޑަމް ނަސްރީނާ އެއާޕޯޓްގައި
އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމަށް މެޑަމް ނަސްރީނާ އެއާޕޯޓްގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
މެޑަމް ނަސްރީނާވެސް ކެމްޕޭނަށް، މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ!
ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނަސްރީނާ ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފައި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް، ރިޔާސީ އިންތިހާބްގެ ކެމްޕޭނަށް ނިކުންނަވާ، އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި އެވެ. 

ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް މެޑަމް ނަސްރީނާ ސީދާގޮތުން ފެނިގެންގޮސްފައިނުވާއިރު، ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާގެ ގޮތުގައި މިރޭ އައްޑޫ ސިޓީގައި ބާއްވާ ޖަލްސާގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނަސްރީނާ ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފަ އެވެ. 

ފެބްރުއަރީ 6 ވަނަ ދުވަހު ރައީސް މައުމޫން ހައްޔަރުކުރެވުނު ފަހުންވެސް ސިޔާސީ ކަންކަމުގައި މާބޮޑަށް މެޑަމް ނަސްރީނާ ހަރަކާތްތެރިވެވަޑައިގެންފައިނުވާއިރު، އެކަމަނާ ވަނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުުމުގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި ޖަލުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފަ އެވެ. 

ގުޅިފައިވާ އިއްތިހާދުން، ރިޔާސީ އިންތިހާބްގެ ކެމްޕޭން ދަތުރުތައް ނިންމާލާ ފަހު ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރިޔާސީ ކެނޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންގމޭޓް ފައިސަލް ނަސީމްވެސް މިހާރުން ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ. 

މެޑަމް ނަސްރީނާ ކެމްޕޭން ހަރަކާތަށް ނިކުންނެވިއިރު، އެކަމަނާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ދިވެހި ރައްޔިތުންނަށް އިލްތިމާސްއެއްވެސް ފޮނުއްވާފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ރައްޔިތުން ނުކުމެ ވޯޓުދީ، އަނިޔާވެރި މި ސަރުކާރު ނިންމާލަދޭން އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް