ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:26
ސިއްރުފެންފުށީގައި ބަހައްޓާފައި ހުރި ކަނޑުއަޑީގެ ބުދު ގެލެރީ
ސިއްރުފެންފުށީގައި ބަހައްޓާފައި ހުރި ކަނޑުއަޑީގެ ބުދު ގެލެރީ
މުހައްމަދު ޝަރުހާން
ބުދު ބެހެއްޓުން
ފަސް ގަޑިއިރުގެ ތެރޭގައި ބުދުތައް ނަގަން ކޯޓުން އަމުރުކޮށްފި
ބުދުތައް ނުނަގައިފިނަމަ ސިފައިންނާއި ފުލުހުން ގުޅިގެން ނެގުމަށް އަމުރުގައިވޭ
މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި

ސިއްރު ފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރުގެ ތެރޭގައި ނެގުމަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ ފަސް ގަޑިއިރުގެ ތެރޭގައި އެ ރިސޯޓުން ބުދުތައް ނުނަގައިފިނަމަ ސިފައިންނާއި ފުލުހުން ގުޅިގެން ހަތް ދުވަހުގެ ތެރޭގައި އެ ތަކެތި ނެގުމަށެވެ. 

މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވީ، ސިއްރު ފެންފުނީގައި ހުރި ކޮރަލޭރިއަމް ސްކަލްޕްޗާސްތައް ނެގުމަށް ފުލުހުންނަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ. 

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ތައްޔާރުކޮށްފައިވާ މި ކޮރަލޭރިއަމްގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ވަނީ ހަދާފައެވެ. މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް