ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:20
ކުޅުދުއްފުށި އެއާޕޯޓްގެ ރަންވޭ، ބޯޓު ޖެއްސި އިރު ނުނިމޭ
ކުޅުދުއްފުށި އެއާޕޯޓްގެ ރަންވޭ، ބޯޓު ޖެއްސި އިރު ނުނިމޭ
މުހައްމަދު ޝަރުހާން
ކުޅުދުއްފުށި އެއަރޕޯރޓް
ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
ޓަރމިނަލް ވަނީ ހިޔާކޮށްފައި އިތުރު ކަމެއް ނުނިމޭ
ފްލައިޓް ޖެއްސިއިރު ވެސް މަސައްކަތް ދަނީ ކުރަމުން، ވެލި ބަސްތާތައް ހުރީ ޖަހާފައި

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލް އާއި އެހެނިހެން ތަންތަން ނުނިމެނީސް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޓެސްޓް ފްލައިޓް ޖެއްސިއިރު ވެސް އެއަރޕޯޓުގައި މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި މިހާތަނަށް ހަމައެކަނި ހިޔާކޮށްލެވިފައި ވަނީ ޓަރމިނަލް އެކަންޏެވެ. އެތަން ވެސް ހިޔާކުރުމުގެ އިތުރުން އެހެންކަމެއް ކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށީގައި ހަދަމުންދާ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހުއެވެ. މި ޓެސްޓް ފުލައިޓްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އެކު ސަރުކާރުގެ އިސް ވަފުދެއް ވަޑައިގަތެވެ. އޭގެ ތެރޭގައި ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަޑައިގެންނެވިއެވެ. އެ ބޭފުޅުންނަށް ކުޅުދުއްފުށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

 

ކުޅުދުއްފުށި އެއާޕޯޓްގެ ރަންވޭ އަށް ޓެސްޓް ފްލައިޓް ޖެއްސުން

 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން ވަރަށް އަވަހަށް އެއާޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވާނެ ކަމަށެވެ.

އެއަރޕޯޓުގައި އެހެން މަސައްކަތެއް ނުނިމި ހުރި ނަމަވެސް މިނިސްޓަރު ޒަމީރު ވިދާޅުވީ އިއްޔެއިން ފެށިގެން ޗާޓަރ ފްލައިޓްތައް އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށާއި އެކަމަށް ރަންވޭ ތައްޔާރު ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.

މިއެއަރޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުޅުދުއްފުށީ ކުޅި ހިއްކައިގެން އަޅާ އެއަރޕޯޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ސެޕްޓެންބަރ 2018 | ހުކުރު 08:34
Ma
Test flyt jassany ranway ragalhutho balan terminal niaafakaanoon Then lalalaa
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 18:32
މަރިޔަަުމު
އެއީ ހުސްތާރު މާފަރުގަވެސްހަމަ މިހެން މިޔައް އެއާޕޯޓު ކިޔާތަ ހަހަހަހަހާ