ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:20
އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސީ ފަސޭހައިން އިސްތިއުފާ ދެއްވާނެތީ: އަލީ ޒާހިރު
މިސަރުކާރަކީ އެންމެ ގިނަ ނައިބް ރައީސުން އައްޔަންކުރި ސަރުކާރު

ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ އެމަނިކުފާނު ވަރަށް ފަސޭހައިން އިސްތިއުފާ ދެއްވާނެތީ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ބޭފުޅަކު ބެހެއްޓެވުމަށް، ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅު ނުވާނެ ކަމަށާއި، މިސަރުކާރަކީ އެންމެ ގިނަ ނައިބު ރައީސުން އައްޔަންކުރި ސަރުކާރު ކަމަށެވެ. އެހެން ކަމުން ނައިބު ރައީސަކު ބަހައްޓަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. 

ހިޔާނާތާއި ކޮރަޕްޝަންގެ ތުހްމަތު މި ސަރުކާރުގެ މައްޗަށް އިންތިހާއަށް ކުރެވޭއިރު، ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދައްކުރެއްވުމަށް ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ކަނޑައަޅާފައިވަނީ ވަރަށް ފަސޭހައިން އިސްތިއުފާ ދެއްވާ ބޭފުޅަކަށް ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

"މިހާރު އެބޭފުޅުންގެ ރަނިން މޭޓަކީ އެއީ ކޮންމެ ސަރުކާރެއްގައި ވެސް ވަރަށް އަވަހަށް އިސްތިއުފާ ދެއްވާ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ ރަނިން މޭޓްކަން ނޫނީ ނައިބު ރައީސްކަން ލިބޭ ތަނުން އަޅުގަނޑަށް ހީވަނީ އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން އަބްދުﷲ ޔާމިންއަށް އޮތީމަ ހެން މިރަނިން މޭޓުގެ ޗޮއިސްއަކަށް މިވީ." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތު ފެންނަން އޮންނާނެ ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ދީން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަކީ ޓެރަރިސްޓުނަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާނެ ކަމަށާއި، އެއީ ރައްޔިތުންނަށް އޯގާތެރި ލީޑަރުން ކަމަށެވެ. އެ ލީޑަރުން މިނިވަންކޮށް މިގައުމު އަމާން މިސްރާބަކަށް ބަދަލުކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 06:54
ކޮލެޖް ބޯއީ
ރަނިންގ މޭޓަކަށް ހެއްދެވުމުން ޝަހީމު އުޅުއްވި އިސްލާމިކު ޔުނިވަސިޓީގެ ޗާންސެލަރުކަމުން އިސްތިއުފާ ދެއްވަން. އެކަމަކު ރައީސް ވިދާޅުވީ އިސްތިއުފާ ނުދީ އެމަގާމުގައި ދެމި ހުންނަވާށޭ. ރައީސް މިގޮތަށް އެންގެވި ސަބަބު ވަރަށް ސާފު. އެއީ ރައީސްކަމަށް އަލުން ހޮވިވަޑައިގެންފިނަމަ، ޝަހީމް މަގާމުން ދުރުކުރުން. އޭރުން ޝަހީމަށް އޮންނާނެތާ ހަމަކުރިން ވެސް ހުރި މަގާމު
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 06:39
ރައްޔިތުން
ސެޕްޓެމްބަރު 23 ވަނަ ދުވަހު ވީހާވެސް އަވަހަށް ވޯޓު ވޮށިތައް ކައިރިއަށް ގޮސް، ކެންޑިޑޭޓް ނަމްބަރު 2، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓުދެއްވާ.
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 06:38
އެޑަމް
ވަރަށް ބިރުވެރި ފޮޓޯއެއް ރައީސް ޔާމީން އެގޮތަށް އަތުގުޅައިގެން އަތް މައްޗަށް ހިއްލާ ފޮޓޯ ނެންގެވި ހުރިހާ ބޭފުޅުންވެސް މިހާރު ތިބީ ބަންދުގަ