ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 09:13
މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވާހަކަ ދައްކަވަނީ
މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ކަނބަލުންނަށް އިއްޒަތާއި ގަދަރު ދެއްވާނެ ކެންޑިޑޭޓަކީ އިބޫ: ނާދީރާ
މިސަރުކާރުގެ މިފަސް އަހަރު ޒުވާނުންނަށް ފުރައްސާރަކޮށް ކަނބަލުންގެ އަގު ވަނީ ވައްޓާލާފައި
ފައިސާގެ ދަހިވެތިކަމުގައި ބައެއް އަންހެނުން އެމީހުންގެ ފިރިން ފައިސާ ހޯދާގޮތް ނުބެލި ނަމަވެސް އެއީ އެންމެން އުޅޭނެ ގޮތެއް ނޫން

ކަނބަލުންނަށް އިއްޒަތާއި ގަދަރު ދެއްވާނެ ހަމައެކަނި ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި ނާދިރާ ވިދާޅުވީ މިސަރުކާރުގެ މިފަސް އަހަރުގައި ޒުވާނުންނަށް ފުރައްސާރަކޮށް އަންހެނުންގެ އަގު ވައްޓާލާފައިވާ ކަމަށެވެ.

ނާދިރާ އިތުރަށް ވިދާޅުވީ އަންހެނުންނަކީ ފޯނަށް ވިކޭ ބައެއް ކަމަށް މިސަރުކާރުން ޤަބޫލުކޮށް، އަންހެން ކުއްޖާ ބުނާ ފޯނެއް ދިނުމަށް ޒުވާނުން ވައްކަންކޮށްގެން ހޯދައިދޭނެ ކަމަށް މިސަރުކާރަށް ހީވެފައި އޮތުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، ރާއްޖޭގެ އަންހެނުންނަކީ ވަރަށް ގަދަރުވެރި ބައެއް ކަމަށެވެ. ހަމަ އެހެންމެ ނާދިރާ ވިދާޅުވީ މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރަނީ ގައުމުން ވައްކަން ކުރަން ނޫން ކަމަށާއި، އެމަގުން އެއްވެސް ދަރިއަކު ހިނގުމަށް މައިންބަފައިން ނުރުހޭނެ ކަމަށެވެ.

ހިތުގެ ބަލި ޖެހެނީ އަންހެނުންނާ ހެދިކަމަށް މިސަރުކާރުން ބުނަމުންދާކަން ފާހަގަކުރައްވައި ނާދިރާ ވިދާޅުވީ މިއީ ވަރަށް ދަށު ދަރަޖައިގެ ވިސްނުމެއް ކަމަށެވެ. ކުރިއަށް އޮތް 5 އަހަރަށް ރައީސް ޔާމީން ހޮވާފިނަމަ އަންހެނުންގެ އަގު ވަރަށް ބޮޑަށް ދަށް ކޮށްލާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

މީގެ އިތުރުން ނާދިރާ ވިދާޅުވީ ފައިސާގެ ދަހިވެތިކަމުގައި ބައެއް އަންހެނުން އެމީހުންގެ ފިރިން ފައިސާ ހޯދާގޮތް ނުބެލި ނަމަވެސް އެއީ އެންމެން އުޅޭނެ ގޮތް ނޫން ކަމަށެވެ.

"ނަމަވެސް ދިވެހި އަންހެން ކަނބަލުން ބޭނުންވޭ އެމީހުންގެ ފިރިންނާއި ދަރިން ގެއަށް ވައްދަނީ ހަލާލު ފައިސާތޯ އެމީހުންގެ ދަރިންނަށް ކާންދެނީ ހަލާލު ފައިސާ ހޯދާ އެއްޗެހިތޯ ބަލަން ބޭނުންވޭ." ނާދިރާ ވިދާޅުވިއެވެ. 

ނާދިރާ ވިދާޅުވީ ކަނބަލުންނަށް އިއްޒަތާއި ގަދަރު ދެއްވާނެ ހަމައެކަނި ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށެވެ. އެހެންކަމުން މިއަންނަ އާދިއްތަ ދުވަހު އިބޫ ވެރިކަމަށް ގެންނަން ޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 06:17
ޖަމީލު
ބަޓް، ހައު؟