ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:23
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އައިސީޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހަދާނަން: އިބޫ
25 އަހަރު ވެސް ދެއްކީ އަސްލު ސޫރަ: އިބޫ
ރައްޔިތުންގެ ނިންމުން ބަދަލު ކުރާނެ މުއައްސަސާއެއް ނުހުންނާނެ ކަމަށް ވިދާޅުވި
ވޯޓަކީ ނޫޓަށް ގަނެވޭނެ އެއްޗެއް ނޫން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ސިޓީ ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ސިޓީއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް އިއުލާން ކުރައްވާފައެވެ.

ފުވައްމުލަކުގެ ހުރިހާ ބޮޑު މަގެއްގައި ތާރު އަޅައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފަތާ ފެންގަނޑެއް ހަދާނެ ކަަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމުކޮށް، އެ ރަށުގައި 1000 ޓޫރިސްޓު އެނދު ތަރައްގީ ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކަކީ ތައުލީމީ ގިނަ ބަޔަކު އުފެއްދި ރަށެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސީޓީގައި އައިސީޓީއަށް ހާއްސަ ފެކަލްޓީއެއް ހައްދަވާނެ ކަމަށާއި އެ ފެކަލްޓީގެ މައި މަރުކަޒަކަށް ފުވައްމުލަކު ހައްދަވާނެ ކަމަށެވެ. ތާރީހީ މުހިއްމު ބިނާތަކެއް ހުރި ފުވައްމުލަކުގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އޯޕަން މިއުޒިއަމެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އިބޫ ވިދާޅުވީ ވޭތުވެދިޔަ 25 އަހަރު އެމަނިކުފާނު ދެއްކެވީ އަސްލު ސޫރަ ކަމަށާއި ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ވޯޓަކީ، ފައިސާގެ ނޫޓަށް ގަނެވޭނެ އެއްޗެއް ނޫންކަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލު ކުރާނެ މުއައްސަސާއެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 05:06
އެޑަމް
މިކަންކަމުން ތައުލީމް ހާޞިލްކުރަން މާލެއަށް ބަރީސާވާ މިންވަރު ކުޑަވެގެންދާނެ. އަދި މާލޭ މީހުނަށްވެސް އެއިރުން ގެ ކުއްޔަށްދީފަ އައިސް ރާއްޖެތެރޭ ރަށްރަށުގަ ކުދިންނަށް ތަޢުލީމްދޭން ތިބެވޭނެ...