ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:26
ފުވައްމުލަކުގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން:-ފުވައްމުލަކުގައި އެންމެ ބޮޑު ތާއީދެއް އޮތީ ކޯލިޝަނަށް ކަމަށް ފައިސަލް ވިދާޅުވި
ފުވައްމުލަކުގައި މިރޭ ބާއްވާ ޖަލްސާގެ ތެރެއިން:-ފުވައްމުލަކުގައި އެންމެ ބޮޑު ތާއީދެއް އޮތީ ކޯލިޝަނަށް ކަމަށް ފައިސަލް ވިދާޅުވި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޗެލެންޖް މި ކުރަނީ، ފުވައްމުލަކުން އެހެން ބަޔަކަށް ކުރި ހޯދާކަށް ލާހިކެއް ނޫން: ފައިސަލް
ނުކުޅެދުންތެރިކަން ހުންނަ މީހުންކުރަމުންދާ މީހުނަށް އަޅާލާނަން

އަންނަ އާދިއްތަ އޮންނަ ރިޔާސީ އިންތިހާބުގައި އެ ބޭފުޅުން ފިޔަވާ އެހެން ބަޔަކަށް ފުވައްމުލަކުން ކުރި ނުހޯދޭނެ ކަމަށް ވިދާޅުވެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ޕީޕީއެމްއަށް ގޮން ޖައްސަވައިފި އެވެ.

ފުވައްމުލަކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ މި ޖަލްސާއަކީ ފުވަމުއްލަކުގެ ތާރީހުގައި ވެސް އެންމެ މީހުން ބައިވެރިވި ސިޔާސީ އެއްވުން ކަމަށެވެ. އަދި ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ސިކުނޑިއަށް އެރެން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށެވެ.  

މިރޭ ފުވަމުލަކުގައި ބާއްވާ ޖަލްސާގެތެރެއިން

ފައިސަލް ވިދާޅުވީ މީހުންނަށް އޮޅުވާލުމުގެ ބޭނުމުގައި ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި ފުވައްމުލަކަށް ވަނީ ފާއިތުވި ދުވަސްތަކުގައި ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ތައުލީމީ ނިޒާމް ފުނޑާލަން މަސައްކަތްކޮށްފި. ސިއްޙީ ނިޒާމް ފަހަތައް ޖައްސައިފި. ފިތުނަ ފަސާދަ އާންމުކޮށް އެއްބައިވަންތަކަން ނަގާލަން މަސައްކަތްކޮށްފި،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ވައްކަމާ ފަސާދަ، އެއްކޮށް ނައްތާލެވޭނެ ބޭފުޅަކީ އިބޫ ކަމަށާއި ފުވައްމުލަކަށް އިބޫ ގެނެސްދެއްވި އުއްމީދުތަކަކީ ދުވަހަކު ވެސް ނުލިބޭ ފަދަ އުއްމީދުތަކެއް ކަމަށެވެ. އަދި އެހެންމެ ފައިސަލް ވަނީ އެ ބޭފުޅުންގެ ސަރުކާރެއްގައި ކުށް މަދު މުޖުތަމައުއެއް ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވެފައި އެވެ.

"ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކޮށް، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާނަން. ފުވައްމުލަކު އެއާޕޯޓަކީ ހުރިހާ ފްލައިޓަށް ޖައްސާ އެއާޕޯޓެއް ކަމަށް ހަދާނަން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް،" ފައިސަލް ވިދާޅުވި އެވެ.  

މީގެ އިތުރުން ފައިސަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު އެ ބޭފުޅުންގެ ސަރުކާރުވާނެ ކަމަށާއި ފަސް އަހަރު އެމީހުން ކުރަމުންދިޔަ ހިތާމަ ނިމުމަކަށް ގެނެސް އުފާވެރިކަން ގެންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:51
ރައްޔިތުން
ރިޔާސީ ދައުރެއް ނިމި އަނެއް ދައުރަށް ވެރިއަކު ހޮވުމަށް ބާއްވާ އިންތިޚާބަކުން ހުރި ވެރިމީހާ ބަލިކޮށް ކުރިއަށް އޮތް ދައުރުގެ ވެރިކަން އެހެން މީހަކަށް އޮތް ވެރިކަމެއް ފުރޮޅާލުމެއް.ނޫން ކޮންތާކުން ކިޔަވައިގެން އައިސްތިބޭ ކަނޑު ކޮހުންތަކެއް މި އުޅެނީ އެކަމަކު ވެރިކަން ފުރޮޅާލުމޭ ހުރި ވެރިމީހާގެ ދައުރު ހަމަނުވަނީސް އެވެރިކަން ނުމުމަކަށް ގެންނަ ގެނައުމަށް އެގޮތުން ނަޝީދުގެ ވެރިކަމަކީ ފުރޮޅާލެވުނު ވެރިކަމެއް. އެކަމުގެ އަޑީގައި ހުރީ ޔާމީން..