ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 22:10
ދެ ޕާޓީގެ މެނިފެސްޓޯގެ ކަވަރ
ދެ ޕާޓީގެ މެނިފެސްޓޯގެ ކަވަރ
އަދާލަތު ޕާޓީ
ރިޔާސީ އިންތިހާބު 2018
ދެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި ހުރި ތަފާތު އަދާލަތު ޕާޓީން ހާމަކޮށްފި
ޕީޕީއެމްގެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި މާ ބޮޑު ތަފްސީލެއް ނެތް

ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯ އާއި، ޕީޕީއެމްގެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި ހުރި ތަފާތު އަދާލަތު ޕާޓީން ހާމަކޮށްފި އެވެ. 

ދެ މެނިފެސްޓޯގެ ދީނީ ސިޔާސަތު އަޅާ ކިޔުމަށްފަހު އަދާލަތު ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ލިޔުމުގައިވާގޮތުން ދެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި ވަރަށް ބޮޑު ތަފާތެއްވެއެވެ. އެގޮތުން ޕީޕީއެމްގެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި މާ ބޮޑު ތަފްސީލެއް ނެތް އިރު، ދީނީ ޝިއާރު އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާނެ މަސައްކަތްތަކުގެ މާބޮޑު ތަފްސީލެއްވެސް ހިމަނާފައެއް ނުވެ އެވެ. 

ޕީޕީއެމްގެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި ވަނީ މައިގަނޑު ހަތަރު ނުކުތާއެކެވެ. އެގޮތުން ކޮންމެ ސަރަހައްދެއްގައިވެސް ބޮޑު މިސްކިތެއް އެޅުމަށް ވައުދުވެފައިވާއިރު، އެ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ސެންޓަރަކާއެކުގައިކަމަށް ވައުދުވެފައިވެއެވެ. އަދި އިސްލާމިކް ބޭންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ އިންތިޒާމް ހަޖައްސަވާނެކަމަށްވެސް ޕީޕީއެމުން ވައުދުވެފައިވެއެވެ. 

އިދިކޮޅު އިއްތިހާދު ދީނީ ސިޔާސަތު ވަނީ ވަރަށް ތަފްސީލްކޮށް ލިޔެ، ހާމަކޮށްފަ އެވެ. އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ގޮތާއި، ދީނީ ޝިއާރުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުރާނެ މަސައްކަތްތައް ލިޔެފައިވެއެވެ. އަދި ދީނީ ހިޔާލު ތަފާތުވުންތައް މަދުކޮށް، ހައްދުފަހަނައަޅާފައިވާ ހަރުކަށިކަން ފޮހެލުމަށް ކުރައްވާނެ މަސައްކަތްތައްވެސް ތަފްސީލްކޮށްފައިވެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޕީޕީއެމުން އެންމެ ވަރުގަދައަށް ބޭނުންކުރާ ހަތިޔާރަކީ ދީންނެވެ. އެގޮތުން ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިނުގެންފިނަމަ ދީން ފޮހެވިގެންދާނެކަމަށް ވިދާޅުވެ ޕީޕީއެމްގެ އިސްބޭފުޅުން ވާހަކަދައްކަވަމުންގެންދާއިރު، އެ ބޭފުޅުންގެ މެނިފެސްޓޯގައި މާ ބޮޑު ތަފްސީލެއް ހިމަނާފައިނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޕީޕީއެމަށް އަމާޒުވެގެންގޮސްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް