ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:57
ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވޯޓު ކަރުދާސްތަކެއް - ވޯޓު ގަތުމަށް ބައެއް ދަރިވަރުންނަށް ފައިސާ ދަނީ ހުށަހަޅަމުން
ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވޯޓު ކަރުދާސްތަކެއް - ވޯޓު ގަތުމަށް ބައެއް ދަރިވަރުންނަށް ފައިސާ ދަނީ ހުށަހަޅަމުން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
ބައެއް ދަރިވަރުންނަށް 10 ހާސް ރުފިޔާ ހުށަހަޅާފައިވޭ
ސްކޫލުގެ ތެރޭގައި އައިޑީ ކާޑް ގަންނަން މަސައްކަތް ކުރަމުން ދަނީ ވަކި ސިޔާސީ ޕާޓީއަކަށް ތާއިދުކުރާ ދަރިވަރުންތަކެއް

އަންނަ ރިޔާސީ އިންތިހާބާއި ދިމާކޮށް މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ އައިޑީ ކާޑް ގަންނަން މަސައްކަތް ކުރާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ސަރުކާރުން ހިންގާ ސްކޫލެއްގައި ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ރިޔާސީ އިންތިހާބާއި ދިމާކޮށް އައިޑީ ކާޑް ގަތުމަށް ސުކޫލުގެ ތެރެއިން އެހެން ބައެއް ދަރިވަރުން ހުށަހަޅަމުންދާ ކަމަށެވެ. އެ ދަރިވަރުން ދަނީ އައިޑީ ކާޑް ގަތުމަށް ހަ ހާސް ރުފިޔާއިން ފެށިގެން 10 ހާސް ރުފިޔާއާ ހަމަޔަށް ހުށަހަޅަމުންކަން ރާއްޖެއެމްވީއަށް ލިބިފައިވާ ސްކްރީންޝޮޓްތަކުން ހާމަވެއެވެ. 

ސްކްރީންޝޮޓްތަކުން ހާމަވާ ގޮތުގައި ދަރިވަރުންގެ އައިޑީ ކާޑް އަތުލުމަށްފަހު ފައިސާއާއެކު އަނބުރާ ދިނުމަށް ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އެހެން ދަރިވަރަކު ބުނީ ސްކޫލުގެ ތެރޭގައި އައިޑީ ކާޑް ގަންނަން މަސައްކަތް ކުރަމުން ދަނީ ވަކި ސިޔާސީ ޕާޓީއަކަށް ތާއިދުކުރާ ދަރިވަރުންތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ ސިޔާސީ ޕާޓީއެއްގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ދަރިވަރުންތަކެއް ކަމަށާއި ސްކޫލުގެ މާހައުލުގައި ވަރަށް ބޮޑަށް ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން އެ ދަރިވަރުން ވާހަކަ ދައްކާ ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތުދިން ދަރިވަރު ވަނީ ބުނެފައެވެ. 

އަލަށް ވޯޓުލާ ކުދިންނަށް އަމާޒުކޮށްގެން ސްކޫލުގެ ތެރޭގައި ވޯޓު ގަންނަން މަސައްކަތް ކުރަމުންދާތީ ބައެއް ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރު ވެސް ސްކޫލްތަކުގެ މެނޭޖްމަންޓުން މިކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަަޅާފައިނުވާކަން ވަނީ އެނގިފައެވެ. 

ހަމައެހެންމެ އައިޑީ ކާޑް ގަންނަން މަސައްކަތް ކުރާ ދަރިވަރުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ދަރިވަރުންތަކެއް ކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ސްކޫލުގެ އިމާރާތްތަކުގެ ތެރޭގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށްވާއިރު މިފަދަ ކަންކަން ސްކޫލުގެ މާހައުލުގައި ހިނގަމުންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަމާޒުވެފައެވެ. ރާއްޖެއެމްވީއަށް މިކަން އެނގިފައި މިވަނީ ވޯޓު ގަނެ ވިއްކުމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
21 ސެޕްޓެންބަރ 2018 | ހުކުރު 08:30
ދާޑް
ގޭސް އަންބުރަނީ
21 ސެޕްޓެންބަރ 2018 | ހުކުރު 07:32
އަލީ ހަސަން
މީ ޙަޤީޤަތެއްނޫން ސީދާ ފިތުނަ އުފެއްދުމާ ވޯޓް ގެ ސައްޙަ ކަން ނަގާލުމުގެ މަޤްސަދުގަ ދައްކާވާހަކަ ސަބަބަކީ ކީއްކުރަން އައިޑީކާޑު ގަންނަންވީދޯ އައިކާޑުގެ ބަދަލުގަ ފޮޓޯޖެހި ކޮންމެ ޑޮކިޔުމަންޓެއްވެސް އޯކޭ ވަނެ އައިޑީކާޑުގެ ބަދަލުގައި ޕާސްޕޯޓާއި ޑުރައިވިންގ ލައިސަންންސްވެސް ބޭނުންކުރެވޭނެ
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:26
k
principalun lead kuraagothah siyaasee viber groupthah hadhai medam office in angaagothah kankan kurumaa ethanah meehun fonuvumaa ethathanuge madaiykaiythah kurumaa e group meehunah schoolgai molhu goiy hedhumaa mihiree ammukankan. mikahala eh school e ee ghaazee aai rehendhi school