ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 22:08
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ޓްވިޓަރ
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖްގައި ބޭނުންކުރުމަށް ޓޯ ވެހިކަލެއް ހޯދަން އިއުލާނު ކޮށްފި
މައުލޫމާތު ހިމެނޭ ފޮތް ހައުންސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ

ސިނަމާލެ ބްރިޖްގައި ދުއްވާ ވެހިކަލްތަކަށް ޖެހިދާނެ ކުއްލި މައްސަލަތައް މަރާމާތުކުރުމަށްޓަކައި ބޭނުންކުރުމަށް ޓޯ ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ އެކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އޮކްޓޫބަރު 01 ވާ ހޯމަ ދުވަހުގެ 09:00 އަށް ހައުސިންގ މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދަންނަވާ ކަމަށެވެ.

ހައުންސިންގ މިނިސްޓްރީން ބުނީ ޓޯ ވެހިކަލާ ގުޅޭ މަޢުލޫމާތު ހިމެނޭ ކަރުދާސް މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 08:00 އިން ފެށިގެން 2018 މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހައުންސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިއަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ. ނަމަވެސް އާއްމުންނަށް ހުޅުވާލާފައި ވަނީ މިމަހުގެ 07 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް