ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 19:08
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ ރައްޔިތުންގެ ކިބައިން ގެއްލުނު ހައްގުތަކުގެ ބަދަލު ހޯދުމަށް ފާރިސް ދައުވާ ކުރައްވައިފި
ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށް ކަނޑައަޅައިދިނުން
ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދަ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުން
ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ އަމުރަކަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މަޖިލިހަށް ހާޒިރުކޮށްނުދޭތީ، ދިއްގަރު ދާއިރާގެ ރައްޔިތުންގެ ކިބައިން ގެއްލުނު ހައްގުތަކުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދެއްވުމަށް އެދި ފާރިސް ދައުވާ ކުރައްވައިފި އެވެ.

ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލުން ބުދަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުގައި މަޖިލިސް ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކަށް ފާރިސް ހާޒިރުކޮށް ނުދޭތީ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ގާނޫނީ އަސާސީގެ 26 ވަނަ މާއްދާގެ 'ނ' އިން ލިބިދީފައިވާ ހައްގުން އެ ރައްޔިތުން ވަނީ މަހުރޫމްވެފައެވެ.

ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ 'ނ' ގައި ބަޔާންކޮށްފައިވަނީ، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިފައިވާ ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ގާނޫނު އަސާސީއާ ޚިލާފަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގަށް ހުރަސް އަޅާފައިވާ ފަރާތްތަކުން ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ މުއްދަތުގެ ތެރޭގައި ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދާއިރާގެ ރައްޔިތުންނަށް ދައުލަތުން ދޭންޖެހޭނެ ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދައުރު އަދާކުރުމަށް ގާނޫނާ ޚިލާފަށް ފާރިސްއަށް ހުރަސް އެޅުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އެ މައްސަލައިގައި އެެދިފައިވެއެވެ.

ފާރިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަޖިލިސް ޖަލްސާތަކަށް އޭނާ ހާޒިރުކޮށްދީފައިނުވެއެވެ. މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފާރިސް މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަމަށް ކަނޑައަޅައި، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް