ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:17
އެމްޑިޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑިޕީގެ ޗެއަރޕާސަން ހަސަން ލަތީފް
މުހައްމަދު ފަޒީން
އެމްޑީޕީ
ވަގު ތެޔޮ ރިޕޯޓގެ މައްސަލާގައި ހަސަން ލަތީފް ފުލުހަށް ހާޒިރުވުމަށް އަންގައިފި
ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހަސަން ލަތީފް ވަގު ތެޔޮ ރިޕޯޓްގެ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހާޒިރުވުމަށް އަންގައިފިއެވެ.

ހަސަން ލަތީފް ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އަށެވެ.

އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ "ވަގު ތެޔޮ ސްޕެޝަލް" ނަމުގައި އެމްޑީޕީގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށް މިހިނގާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރާއްޖެޓީވީ މެދުވެރިކޮށް އެ ރިޕޯޓާ ބެހޭ މައުލޫމާތު މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށް ބުނެއެވެ.

ރާއްޖެޓީވީގެ މި އަމަލަކީ ޤާނޫނު ނަމްބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނު) އެއްވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ 22 ވަނަ ނަމްބަރުގެ ދަށުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފަރާތެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަ ގޮތަށް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެފަރާތާ ގުޅޭ ގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ފެންނާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވަތައް ބެލެހެއްޓުމަށްޓަކައި ގާއިމް ކޮށްފައިވާ ގައުމީ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ޔާމީނުގެ ފަރާތުން ވެސް ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:41
ހަސަން ލަތީފްއާ
ޗެއަރޕާސަން ހަސަން ލަތީފްއާ ވާހަކަ ދެއްކޭފެންވަގުމީހެއް ފުލުންގެ އޮފީހުގައި ނުހުންނާނެ