ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 14:33
އިލެކްޝަންސް ކަމިޝަން
އިލެކްޝަންސް ކަމިޝަން
ގޫގުލް
އިލެކްޝަންސް ކަމިޝަން
ވޯޓު ކަރުދާސްތައް އަތޮޅުތަކަށް މިއަދު ފޮނުވާ ނިމޭނެ: އީސީ
ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައި
މާދަމާ ހުރިހާ ރަށްތަކަށް ވޯޓު ކަރުދާސް ފޮނުވާ ނިންމާލާނެ

އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް އަތޮޅުތަކަށް މިއަދު ފޮނުވައި ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މިމަހުގެ 17 އިން ފެށިގެން އަތޮޅުތަކަށް ވޯޓު ކަރުދާސްތައް ފޮނުވަން ފަށާފައިވާ ކަމަށެވެ. 

ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ސެކިއުރިޓީ ފޮށިތައް ރަށްރަށަށް ފޮނުވާއިރު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ފުލުހުން ވެސް ހަރަކާތްތެރިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އަތޮޅުތަކުން މާދަމާ ރަށްތަކަށް ވޯޓު ކަރުދާސްތައް ފޮނުވާ ނިންމާލާނެ ކަމަށެވެ.

"މިއަދު އަތޮޅުތަކަށް ވޯޓު ކަރުދާސްތައް ފޮނުވާ ނިންމާލާނެ. މާދަމާ ހުރިހާ ރަށްތަކަށް ކަރުދާސް ފޮނުވާ ނިންމާލާނެ." އަކްރަމް ވިދާޅުވިއެވެ.

އަދި މިހާތަނަށް ބޭރުގެ އެއްވެސް ގައުމަކަށް ވޯޓު ކަރުދާސް ގެންގޮސްފައިނުވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އިންތިހާބުގައި 262135 މީހުން ވޯޓުލުމުގެ ހައްގު ލިބިގެންދާއިރު 472 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ސެޕްޓެންބަރ 2018 | ބުދަ 12:22
ވޯޓު
ތ.ކަނޑޫދު އަށް ފޮނުވާ ވޯޓު ކަރުދާސްތައް ފޮރުވާފަ ބަހައްތަންޖެހޭނީ ތ.ކަނޑޫދޫ ރަބީޢުގޭ މުޙައްމަދު ޢަބުދުﷲ ގެ ގޭގައި އޭނާގެ ބެލުމުގެ ދަށުގަ ނުވަތަ އޭނާގެ ކޮއްކޮ ވޯޓުފޮއްޓާހަވާލުކޮށްފައިވާ އިސް ވެރިޔާ ތަސްލީމު ޢަބުދުﷲ ސަޢިދު (މަސްތުވާ ތަކެތީގެ ރެކޯޑުއޮތް) ގެ ބެލުމުގެ ދަށުގައެވެ. މިމީހުނަށް ހީވާކަހަލަ ޕީޕީ އެމަށް މަރުދަންޖެހުނީމަ އެމީހުން ބޭނުންހާކަމެއް ބޭނުންހާ ގޮތަކަށްކޮށްލާފަ އެހެންމީހުނަށް ބޭނުންހާގޮތޔެއް ހަދާލެވިދާނޭ