ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 16:51
މޫނު ބުރުގާ އެޅި ކަނބަލުންތަކެއް: މިސަރުކާރުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ނުކުރެވޭ
މޫނު ބުރުގާ އެޅި ކަނބަލުންތަކެއް: މިސަރުކާރުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ނުކުރެވޭ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސް
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭނެ
ފޮށުމާއި ފުރައްސާރަ އާއި ޖިންސީ، އަދި ނަސްލީ ތަފާތުކުރުން ނައްތާލެވޭނެ
ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ މޫނު ބުރުގާ އަޅާތީ އެތައް އަންހެން ކަނބަލުންނެއް ވަޒީފާއިން ވަކިކޮށްފައި
ކުށް މަދު ވެއްޓެއް ޤާއިމުކުރެވޭނެ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މޫނު ބުރިގާއަޅާ އަންހެން ކަނބަލުންނަށް ވަޒީފާ އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އެމެނިފެސްޓޯގައި ބުނެފައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ކުށްކުރުން މަދު ވެއްޓެއް ޤާއިމްކޮށް، މާރާމާރީ އާއި އަނިޔާ އާއި ހާނިއްކައިން ދުރުހެލިވެ އަމާން ރައްކާތެރި މާހައުލެއްގައި އުޅޭ އުފާވެރި، ބަދަހި މުޖުތަމައެއް އުފެއްދޭނެއެވެ.

އެގޮތުން ފޮށުމާއި ފުރައްސާރަ އާއި ޖިންސީ، އަދި ނަސްލީ ތަފާތުކުރުމާއި، ނިސްބަތްވާ ފަންތި އާއި ގިންތީގެ ގޮތުން ކުރެވޭ ތަފާތުކުރުންތަކާއި ތުނބުޅި ބެހެއްޓުމާއި މޫނުބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ބޭނުންވާ ގާނޫނުތައް ހަދާނެ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ގައުމީ ފެންވަރުގައި ހިންގައި، އެންމެނަށް ހަމަހަމަކޮށް ހިތާ މުޖުތަމައެއް އުފެއްދޭނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޢާންމުވެފައިވާ ގޭންގްތަކާއި ގޭންގްތަކުން ހިންގާ ބިރުވެރި އަމަލުތައް ނައްތާލެވޭނެ ކަމަށް ވެސް އެ މެނިފެސްޓޯގައި ބުނެފައި ވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި މޫނުބުރުގާ އަޅާ އަންހެން ކަނބަލުންނަށް ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރެވޭނެ ކަމަށް ކަނޑައަޅާފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ މޫނު ބުރުގާ އަޅާތީ އެތައް އަންހެން ކަނބަލުންނެއް ވަޒީފާއިން ވަކިކޮށްފައެވެ. އަދި ވަކިވަރަކަށްވުރެ ތުނބުޅި ދިގުކޮށްފައި ވާތީ ބައެއް ފިރިހެން މުވައްޒަފުންނަށް ވެސް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް