ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:05
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ޓްވިޓަރ
ވޯޓަރ ފްރަންޓް ރެސްޓޯރެންޓް
ގިނަ ފްރެންޗައިޒްތަކާ އެކު ހުޅުލޭ ވޯޓަރ ފްރަންޓް ރެސްޓޯރެންޓް ބިލްޑިންގް ހުޅުވަނީ
ހުޅުވަނީ 4 ފްރެންޗައިޒް ރެސްޓޯރެންޓް
ރެސްޓޯރެންޓް ހިންގުމަށް ހަވާލުވެފައި ވަނީ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުނި
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަށް

ގިނަ ފްރެންޗައިޒްތަކާ އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވޯޓަރ ފްރަންޓް ރެސްޓޯރެންޓް ބިލްޑިންގް މިއަދު ހުޅުވަން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއަދު ހަވީރު ހުޅުވުމަށް ހަމަޖެހިފައިވާ ފްރެންޗައިޒް ރެސްޓޯރެންޓްތަކަކީ ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ ރެސްޓޯރެންޓް ކަމަށެވެ.

މި ހަތަރު ފްރެންޗައިޒް ރެސްޓޯރެންޓް ހިންގުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުންޏާ އެކު ސޮއިކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް ކުންފުނިން މިހާރު ވެސް 150 ގައުމެއްގެ އެއަރޕޯޓްގައި ހިދުމަތް ފޯރުކޮށްދެމުންދެއެވެ.

އެޗްއެމްއެސް ހޮސްޓްގެ ސީއީއޯ ވޮލްޓާ ސިއެބް ވިދާޅުވީ މި ރެސްޓޯރެންޓްތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އިންޓަނޭޝަން ބްރޭންޑްތައް ރާއްޖެއަށް ގެނައުމުގެ މަގު ފަހިވެގެންދިޔުމުން އުފާކުރައްވާ ކަމަށެވެ.

އެމްއޭސީއެލް އިން އިޓަލީގެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް