ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 11:59
ތިނަދޫގައި ރޯކޮށްލާފައިވާ ކާރު
ތިނަދޫގައި ރޯކޮށްލާފައިވާ ކާރު
އެމްއެންޑީއެފް
ކާރެއްގައި ރޯވެއްޖެ
ތިނަދޫ މަގުމަތީ ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ
އަލިފާނުގެ އެ ހާދިސާ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ފަތިހު 04:26 ގައި

ގދ. ތިނަދޫ ގޯސިޔާ ރެސްޓޯރަންޓް ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ކާރުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ފަތިހު 04:26 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، ވަގުުތުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެ ގޮތުން ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ކާރުގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ފަތިހު 05:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގައި އެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ އެ ހާދިސާގެ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް