ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 07:06
ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ހޮޓެލް ޖެންގައި އިބޫ އާއި ފައިސަލް ބައްދަލުކުރައްވަނީ
ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ހޮޓެލް ޖެންގައި އިބޫ އާއި ފައިސަލް ބައްދަލުކުރައްވަނީ
އެމްޑީޕީ
ިރިޔާސީ އިންތިޚާބު 2018
ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ޓީޗަރުން ވަނީ އިބޫއާއި ފައިސަލްއާ ބަައްދަލުކޮށްފައި
މި ބައްދަލުވުމުގައި ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް އިބޫއާ ހިއްސާކޮށްފައިވޭ

ރިޔާސީ އިންތިޚާބަށް ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ)އާ ބައްދަލުކޮށްފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫއާ އަންގާރަ ދުވަހުގެ ރޭ ސްކޫލްތަކުގެ ޓީޗަރުންނާއި ޔުނިވަރސިޓީ އަދި ކޮލެޖް ލެކްޗަރަރއިން ހިމެނޭ ގޮތަށް ފަންސާހެއްހާ މީހުން ބައްދަލުކުރިއެވެ. މި ބައްދަލުވުން އޮތީ ހޮޓެލް ޖެންގައި، އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީ އިން އިންތިޒާމްކޮށްގެން ބޭއްވި 'ރައްޔިތުންގެ ދަރުބާރު' ޕްރޮގްރާމަށް ފަހުއެވެ. 

މި ބައްދަލުވުމުގައި އިބޫގެ އިތުރުން އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި، އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރ ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. 

އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ޓީޗަރުން އިބޫއާ ބައްދަލުކޮށްފައިވާއިރު، މީގެ ކުރިން ވެސް މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ޓީޗަރުންގެ އިތުރުން ބައެއް ރަށްރަށުގެ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ވަނީ އިބޫ އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމްއަށް ތާއީދުކުރާކަން ހާމަކޮށް، އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. 

އިބޫއާ ބައްދަލުކޮށް ޓީޗަރުން ވަނީ ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އިބޫ ވަނީ އެކަންކަން ހައްލުކޮށްދެއްވުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކޮށްދެއްވާފައެވެ.

- ކޮމެންޓް
19 ސެޕްޓެންބަރ 2018 | ބުދަ 18:38
Humm humm
Kalo gayaa, adhi Maa avas thivaru aruvaa lan. Kaleymen enmenge vazeefa gellidhaane e'ee varah kairi kameh. Keh theri vey. Allah wodigen vanee vess keh therinnaa eku.