ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 22:13
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ ދަރުބާރުގައި މުޚާތަބް ކުރައްވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ ދަރުބާރުގައި މުޚާތަބް ކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އާމްދަނީ ހޯދުމުގެ ގޮތުން ޓްރެފިކް ސްޓިކަރ ނުޖަހާނަން: އިބޫ
މާލޭގެ ހުރިހާ އުޅަދެއް ޕާކް ކުރުމަށް 120،000 އަކަ ފޫޓުގެ ބިން ބޭނުންވާކަމަށް އިބޫ ވިދާޅުވި
މާލޭގެ މަގުތައް ބާރު ކުޑަވާނީ ރާއްޖޭގެ އެހެން ސަރަހައްދުތައް ސިޓީއަށް ހަދައިގެން

އެއްގަމު އުޅަނދުތަކުގައި ޖަހާ ޕާކިންގ ސްޓިކަރ، އާމްދަނީ ހޯދުމުގެ މަގްސަދުގައި ޖެހުން ހުއްޓަވާލައްވާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، މިހާރު ކޮންމެ ދުވަހަކު ވެސް މަދުވެގެން ޕާކިންގ ސްޓިކަރ ޖަހައި ހަމަކުރަން ޖެހޭ ވަކި ވަރެއް އޮންނަ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ޕާކިންގް ޒޯނެއް ނުދައްކާ ސްޓިކަރ އެއްވެސް ވަރަކަށް ނުޖައްސަވާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވިއެވެ.

އިބޫ ވިދާޅުވީ މާލޭގެ ހުރިހާ އުޅަނދެއް ޕާކް ކުރުމަށް 120،000 އަކަ ފޫޓުގެ ބިން ބޭނުންވާކަމަށެވެ. އެއީ 5000 އަކަފޫޓުގެ ފަސް ފަންގިފާލާގެ ފަސް އިމާރާތްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ މި އިމާރާތްތައް އިމާރާތް ކުރުމަކީ ވަގުތީ ހައްލު ކަމަށާއި ދާއިމީ ހައްލަކަށް ވާނީ ރާއްޖޭގެ އެހެން ހިސާބުތަކުގައި ސިޓީތައް ހައްދާ މާލެއިން ލިބޭ ޚިދުމަތް އެތަންތަނުން ފޯރުކޮށްދިނުން ކަމަށެވެ. މާލެ ޑީސެންޓްރަލައިޒްވެގެން ދިޔުމާއެކު މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ބްރިޖު އެޅުމަކީ މަގުތައް ތޮއްޖެހުމަށް ލިބޭ ހައްލެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މާލޭގެ މަގުތައް އެންމެ ތަންފުކެއް ވެސް ބާރު ކުޑައެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގެ މަގުތަކުގެ ކާރުބާރު ކުޑަކުރުމަށް ވަގުތީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި މި ސަރުކާރުން ބަންދުކޮށްފައިވާ ބައެއް މަގުތައް ހުޅުއްވައިދެއްވާނެ ކަމަށެވެ. 

 

- ކޮމެންޓް
19 ސެޕްޓެންބަރ 2018 | ބުދަ 07:23
ހިނގާމީހާ
މިކަމުން ޔަގީން ވަނީ ހިނގާމީހުންނާ މެދު ވިސްނާ އެއްވެސް ޕާޓީއެއް ނެތްކަން.