ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 21:24
ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރުގައި އިބޫ
ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރުގައި އިބޫ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ހާއްސަ އެހީއަށް ބޭނުން މީހުންގެ އިނާޔަތް އިތުރު ކުރާނަން: އިބޫ
މިހާރު ދެމުންދަނީ 2،000 ރުފިޔާ
އިނާޔަތް ކުޑަ ނުކޮށް، އިތުރު ކުރާނެ ކަމަށް ވިދާޅުވި

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދެމުންދާ އިނާޔަތަށް ބަދަލު ގެނެސް، އިނާޔަތް އިތުރު ކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްދާ ރާއްޖެޓީވީގެ "ރައްޔިތުންގެ ދަރުބާރު"ގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ކުޑަ ނުކުރައްވާނެ ކަމަށެވެ. އަދި އެ އިނާޔަތަށް ބަދަލު ގެނެސް، އިނާޔަތް އިތުރު ކުރައްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމާ ބެހޭ ގާނޫނުގެ ދަށުން މިހާރު ދެމުންދަނީ 2،000 ރުފިޔާއެވެ. އެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑު ކުރުމަށް އަދާލަތު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަނާރާ ނައީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ސަރުކާރު ހިންގާ ޕާޓީން ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ނަމަވެސް އިނާޔަތް ބޮޑު ކުރައްވާނެ މިންވަރެއް އިބޫ ވިދާޅެއް ނުވެއެވެ.

 

 

- ކޮމެންޓް
19 ސެޕްޓެންބަރ 2018 | ބުދަ 05:32
MDA
Vagah laari nunegey bileh misarukaarah beynumeh nuvaaane