ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 16:29
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރިޔާސީ ރޭސް 2018
ޕީޕީއެމްގެ މެނިފެސްޓޯ އެޕާޓީގެ ކައުންސިލުން ފާސްކޮށްފި
ހިމަނާފައި ހުރި ވާހަކަތައް ހިމަނަން ގާތްގަނޑަކަށް 6 މަސް ދުވަސް ނެގި
 އެޕާޓީގެ ކައުންސިލްގެ އަޣުލަބިއްޔަތުން މެނިފެސްޓޯ ވަނީ ފާސްކޮށްފައި

ޕީޕީއެމުން އަންނަ ފަސް އަހަރުގެ ދައުރަށް ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ހިމެނޭ މެނިފެސްޓޯ އެޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ. 

ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ މެނިފެސްޓޯ އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެޕާޓީގެ ކައުންސިލްގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާކަމަށެވެ. 

" މިރޭ ރަސްމީފޮތް ޗާޕް ކުރެވިފައި، ލިބި ވަޑައިގަންނަވާ ފުރިހަމަ މެނިފެސްޓޯ އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލުން މިވަނީ މިއަދުގެ ބައްދަލުވުމުގެ އިއްތިފާގުން އެންޑޯޒްކޮށް ނިންމާފަ ކަމުގައި އެކަން ޕާޓީގެ އޮފީހުން އިއުލާން ކުރާވާހަކަ އަޅުގަނޑު މި ޕްރެސް މެދުވެރިކޮށް އަރިސްކުރަން." ނިހާނު ވިދާޅުވިއެވެ. 

މެނިފެސްޓޯއާ ބެހޭގޮތުން ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމަށް ގާތްގަނޑަކަށް ހަ މަސް ދުވަސް ނެގި ކަމަށެވެ. އެމެނިފެސްޓޯގައި ލިޔާނީ ކުރެވޭނެ ކަންކަން ކަމަށާއި އަދި ގަބޫލު ކުރެވޭނެ ކަންކަމާއި ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބިގެންދާނެ ވާހަކަތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މީގެ އިތުރުން އެ މެނިފެސްޓޯގައި ހުންނާނީ "މުހިއްމު ދާއިރާތައް" އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އިންތިހާބުގެ 85 ދުވަސް ކުރިން މެނިފެސްޓޯ ތައާރަފްކޮށްފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް