ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 14:48
ރައްޔިތުންގެ ދަރުބާރުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން
ރައްޔިތުންގެ ދަރުބާރުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ
ރާއްޖެ ޓީވީން ބާއްވާ ރައްޔިތުންގެ ދަރުބާރު މިރޭ
ދަރުބާރު އޮންނާނީ މިރޭ 8:45 ގައި
މި ދަރުބާރުގައި އިބޫ ސުވާލުކުރުމުގެ ފުރުސަތު އޮންނާނެ
މިއީ ރާއްޖެ ޓީވީން މި ދަރުބާރު ބާއްވާ ދެވަނަ ފަހަރު

ރާއްޖެ ޓީވީން އިންތިޒާމްކޮށްގެން ބާއްވާ "ރައްޔިތުންގެ ދަރުބާރު" މިރޭ ހޮޓެލް ޖެންގައި އޮންނާނެވެ.

މިރޭ 8:45 ގައި ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ ދަރުބާރަކީ" މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ކުރިން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިޙާ ރައްޔިތުންނާ އެންމެ ގާތުން ބައްދަލުވެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި ސުވާލު ކުރުމަށް ލިބޭނެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ފުރުސަތެވެ.

މި ދަރުބާރުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ވިޔަފާރިއާއި، ކިޔަވައިދިނުމުގެ ދާއިރާ ފަދަ ދާއިރާތަކުން ރައްޔިތުން ބައިވެރިވާނެއެވެ. އަދި އެފަރާތްތަކުން ބޭނުންވާ ސުވާލުތައް ވަގުތުން ކުރުމަށް ފުރުސަތު ދެވިގެން ދާނެއެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި ރައްޔިތުންގެ ހިތްތަކުގައި މިވަގުތު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކަންކަން އޮޅުންފިލުވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

މި ދަރުބާރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރާއްޖެ ޓީވީގައި ނަންނޯޓު ކުރުމަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ މި ދަރުބާރުގައި ގުޅިފައިވާ ޕާޓީތަކުގެ ބައެއް އިސްވެރިނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ ދަރުބާރަކީ 2013 ވަނަ އަހަރު ބާއްވަން ފެށި މި ދަރުބާރު ބާއްވާ ދެވަނަ ފަހަރެވެ. މިއީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ސީދާ ރައްޔިތުންނާ ގުޅުވައިދިނުމަށް ރާއްޖެ ޓީވީން ބާއްވާ ދަރުބާރެކެވެ.

- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 13:51
އައިމިނާ
މިރޭތަ އޮތީ ހެހެހެ އަދިރޭގަކަމަށްހީކޮށް މި ނިދީ މިރޭވެސް ނިދާލާނަން
18 ސެޕްޓެންބަރ 2018 | އަންގާރަ 13:48
އައިމިނާ
މި ދައްތައަކީ އަބަދު ރާއްޖެޓީވީ ބަލާމީހެއް އެކަމަކު ތި ނަންއަޑުއިވުމުން ވީ ފޫއްސަކުން އަރާ ނިދީ ނޭގުނުވީގޮތެއްވެސް ދަރުބާރުގެ ޕީޕީއެމުންހިފިފަހުން ދަރުބާރު ކިޔަސް އަންނަނީ އަމަށަކު ރުޅިއެއްނޫން