ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 16:40
ދިރާގުން 2016 ވަނަ އަހަރު ބޭއްވި ރޯޑް ރޭސް
ދިރާގުން 2016 ވަނަ އަހަރު ބޭއްވި ރޯޑް ރޭސް
ޓްވިޓަރ
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭހުގައި 3000 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެއްޖެ
ރޯޑްރޭސް ބާއްވަނީ ނޮވެމްބަރު ދެވަނަ ދުވަހު
ރޯޑްރޭސް އޮންނާނީ ހުޅުމާލޭގައި

ދިރާގު ރޯޑް ރޭހުގައި 3000 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެއްޖެއެވެ.

ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު "ރޯޑް ރޭސް"ގައި ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު ވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހަމަވެފައެވެ.

އަންނަ ނޮވެމްބަރު މަހު ދެ ވަނަ ދުވަހު ބާއްވާ ދިރާގު ރޯޑް ރޭހުގައި 4،000 މީހުންނަށް ޖާގަ ދިނުމަށް މިއަހަރު ނިންމައިފައެވެ. މީގެ ކުރިން ރޯޑު ރޭހުގައި ބައިވެރި ކުރަނީ 3،000 މީހުންނެވެ.

ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 12 ވަނަ އަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ އެ ގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔާއި 10 ކިލޯމީޓަރުގެ ބައެވެ. ކޮންމެ ކެޓަގަރީއަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނެއެވެ.

ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާ ވަނީ ކަނޑައަޅާފައެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،00ރ. ދިރާގުން ހަދިޔާކުރާނެއެވެ.

- ކޮމެންޓް