ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 14:45
ޕީޕީއެމްގެ ސަޕޯޓަރުން ޖުމްހޫރީ މައިދާނަށް އެއްވެފައި: ފޮޓޯ: ޓްވިޓާރ
ޕީޕީއެމްގެ ސަޕޯޓަރުން ޖުމްހޫރީ މައިދާނަށް އެއްވެފައި: ފޮޓޯ: ޓްވިޓާރ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
ކޯލިޝަނަށް ނިސްބަތްވާ މީހުން އެސަރަހައްދުން ފުރުން ވެސް ފުލުހުން މަނާކުރި
ޕީޕީއެމްގެ ސަޕޯޓަރުން ޖުމްހޫރީ މައިދާނަށް އެއްވެ ދަނީ ސިޔާސީ ހަރަކާތް ހިންގަމުން

ޕީޕީއެމް އަސްލު ސައިޒް ދައްކާލާ ޖަލްސާއަށް އަތޮޅު ތެރޭގެ ރަށްރަށުން އަންނަ މީހުން ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅަފައިވާ ޖުމްހޫރީ މައިދާނަށް އެއްވެއްޖެއެވެ.

މިރޭ ބާއްވާ ޕީޕީއެމްގެ ޖަލްސާއަށް އަތޮޅު ތެރޭގެ ރަށްރަށުން މިއަދު ހެނދުނު މާލެއަށް އަންނަ ފަށާފައިވާއިރު ގުރޫޕް ގުރޫޕަށް ވަނީ ޖުމްހޫރީ މައިދާނަށް އެއްވެ އެ ސަރައްހައްދުގައި ފޮޓޯ ނަގާފައެވެ. އެ ސަރަހައްދުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންދާ އިރު ގިނަ ބައެއް ފާޑު ކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

ގްރީން ޒޯނުގެ ގޮތުގައި ކަނޑައަޅަފައިވާ ސަރަހައްދަށް އެއްވެ އުޅުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. އަދި ކޯލިޝަންގެ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން އެސަހައްދަށް ދިޔަ ނަމަވެސް ފުލުހުން ނުކުމެ އެ މީހުން ދުރަށް ޖައްސައެވެ. އެގޮތުން އއ. އުކުޅުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ދިއުމަށް އެޕާޓީގެ މެންބަރުންނަށް އެސަރަހައްދުން ފުރުން ވެސް ވަނީ މަނާ ކޮށްފައެވެ. ގްރީން ޒޯނަށް އެއްވެ ސިޔާސީ ހަރަކާތް ހިންގުމަކީ ގާނޫނީ ކުށެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން ވަނީ އެ ދުވަސްވަރު ބަޔާނެއް ވެސް ނެރެފައެވެ.

ނަމަވެސް ޕީޕީއެމްއަށް ސަޕޯޓުކުރާ މީހުން ޖުމްހޫރީ މައިދާނަށް އެއްވެސް ފޮޓޯ ނަައި، ސިޔާސީ ހަރަކާތްތައް ހިންގާއިރު މިކަން ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައެއްނުވެއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިސަރަށް ގުޅި ނަމަވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އަސްލު ސައިޒް ދައްކާނެ ކަމަށް ބުނެ ޖުމްހޫރީ މައިދާނުގައި ގްރޫފް ގުރޫޕަށް ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރަމުންދާއިރު މީގެ ކުރިން ވެސް ސަރުކާރަށް ތާއީދު ކުރާ މީހުންތަކެއް ޖުމްހޫރީ މައިދާނަށް އެއްވެ ފޮޓޯ ވަނީ ނަގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 14:54
mnm
Vagun vagulaari vagah
18 ސެޕްޓެންބަރ 2018 | އަންގާރަ 12:06
mnm
Mihenveema vote 2 kah
18 ސެޕްޓެންބަރ 2018 | އަންގާރަ 11:44
Mohamed Rasheed
P p m veema okay tho?