ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 17:15
ވާރޭ ވެހި ރަށެއްގެ މަގުމަތި ފެންބޮޑުވެފައި
ވާރޭ ވެހި ރަށެއްގެ މަގުމަތި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ ސަރަހައްދުގެ އުޑުމަތި ބަނަވެ، ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކުރާނެ: މެޓް އޮފީސް
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ، ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ރާއްޖެ ސަރަހައްދުގައި އާންމު ގޮތެއްގައި އުޑުމަތި ބަނަވާނެ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މޫސުން ގޯސްވާނެއެވެ. އަދި މަދުރަށްތަކަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ މެދުތެރޭ އަތޮޅުތަކަށް ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މީގެ އިތުރުން މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް