ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 11:56
ގއ. އަތޮޅު ކައުންސިލް އިދާރާ: އިސް ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވޭ
ގއ. އަތޮޅު ކައުންސިލް އިދާރާ: އިސް ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވޭ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އާއި އިސް މުވައްޒަފަކު ސަސްޕެންޑްކޮށްފި
ސަސްޕެންޑް ކުރީ 30 ދުވަހަށް
ތުހުމަތުކޮށްފައި ވަނީ ދައުލަތުގެ މުދާ ސިޔާސީ ގޮތުން ބޭނުން ކުރާ ކަމަށް
ތުހުމަތުތަކުގެ ދިފާއުގައި ކައުންސިލްގެ ރައީސް ވާހަކަފުޅު ދެއްކެވި

ރިޔާސީ އިންތިހާބާ ދިމާކޮށް ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާއާ އެކު، އިސް މުވައްޒަފަކު މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ސަސްޕެންޑްކޮށްފައި ވަނީ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަސީރު އަލީ އާއި އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަސަންއެވެ. ސިވިލްސާވިސް ކޮމިޝަނުން އެ ދެބޭފުޅުން ސަސްޕެންޓުކޮށްފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ދެ ބޭފުޅުން ސަސްޕެންޓްކޮށްފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދޫއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، ދައުލަތުގެ މުދަލާއި ތަކެތި ސިޔާސީ ބޭނުމަށް، ބޭނުން ކުރި ކަމަށް ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ އެ ދެ ބޭފުޅުންނަށް ސިވިލްސާވިސް ކޮމިޝަނުން ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް މަސައްކަތަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.

ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އާއި އެ އޮފީހުގެ އިސް މުވައްޒަފަކު ސަސްޕެންޑްކޮޮށްފައިވާއިރު، ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.

ފުއާދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އުސޫލުގެ ތެރެއިން މުވައްޒަފުން ކުރަމުން ގެންދިޔަ ކަންތައްތަކެއް ސިޔާސީ ކަމަކަށް ހަދައި، އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ސަރުކާރުން ބޭނުންވާ ކަންތައްތަކެއް އަތޮޅު ކައުންސިލްގެ ތެރެއިން ކުރުމަށް ކަމަށެވެ.

- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 08:51
ވިލިނގިލި
ކައުންސިލްގެ ރައީސް އެ ވިދާޅުވަނީ ސިވިލް ސަރވިސް މުވައްޒަފުން ކައުންސިލް އިދާރާގެ މުދަލާއި ވަސީލަތް ރިޔާސީ ކެންޑިޑޭޓޭއްގެ ސިޔާސީ ހަރަކާތަކަަށް ބޭނުން ކުރިވާހަކަ. ދެން ކޮން އުސޫލަކުންތޯ މިއީ ސިޔާސީ ކަމަކަށްނުވަނީ. ކޮން އުސޫލަކުންތޯ މިއީ ހުުއްދަ ކަމަކަށް ވަނީ. މިއީ ނަހަމަ ގޮތެއްގައި ބާރާއި ނުފޫޒު ބޭނުން ކޮށްގެން ކުރި ކޮރަޕްޝަނުގެ އަމަލެއް.