ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 15:12
ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައާ ބެހޭ ގޮތުން ނެރުނު ސްޓީލިންގ ޕެރަޑައިސްގެ ސްކްރީން ޝޮޓެއް
ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައާ ބެހޭ ގޮތުން ނެރުނު ސްޓީލިންގ ޕެރަޑައިސްގެ ސްކްރީން ޝޮޓެއް
އަލްޖަޒީރާ
ރައީސް ޔާމީންގެ ކޮރަޕްޝަން
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
ރަށްތައް ވިއްކާފައި ވަނީ އިންތިހާއަށް ޑިސްކައުންޓް ދީގެން: ރިޕޯޓް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓޫރިޒަަމްގެ ބޭނުމަށް ދޫކުރި 50 އަށް ވުރެ ގިނަ ފަޅުރަށާއި ފަޅުތައް ބިޑަކަށް ނުލައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫކުރުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސީދާ ބައިވެރިވުން އޮތް ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (އޯސީސީއާރުޕީ)ގެ ތަހުގީގު ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ ބައެއް މަހުޖަނުންނާއި ބޭރުގެ ބައެއް އިންވެސްޓަރުން ވެސް ހިމެނެއެވެ. ރިޒޯޓް ހިންގާ ނުވަތަ ހިންގުމަށް ތައްޔާރުވަމުންދާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ވޮލްޑޯފް އެސްޓޯރިއާ، ވެސްޓިން، އަދި މެލިއާ ހިމެނެއެވެ.

ސިންގަޕޫރުގެ އެންމެ ބޮޑު އެއް މަހުޖަނު އޮންގ ބެންގް ސެންގއާ އެކު ދެ ރަށެއް ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރެވުނުއިރު ރައީސް އަބްދުﷲ ޔާމީނާއި މިހާރު ޖަލުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އޮންގުގެ ރިޒޯޓަކުން ލަގްޒަރީ އެކޮމޮޑޭޝަން ދީފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

މި ތަހުގީގު ބިނާކޮށްފައި ވަނީ ލީކުވި ލިޔެކިޔުމާއި، ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރކަން ވެސް ކުރެއްވި އަހުމަދު އަދީބު ގެންގުޅުއްވި ރަންކުލައިގެ ތިން އައިފޯނުން ލިބުނު މައުލޫމާތާއި އަދި ބޭންކްގެ ރެކޯޑްތަކުގެ މައްޗަށެވެ.

މި މައުލޫމާތުތައް ވަނީ އާއްމުކުރެވިފައިވާ ލިޔެކިއުންތަކާއި އަދި ޕެރެޑައިސް ޕޭޕަރސް އިން ލީކުކުރި ބަރމިއުޑާ އާއި ސިންގަޕޫގައި މަސައްކަތްކުރާ އޮފްޝޯރ ފަރމްތަކުގެ މައުލޫމާތާ އަޅާކިޔައި ޗެކް ކުރެވިފައެވެ.

މި ރިޕޯޓާ ބެހޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ އެއީ ވަރަށް ދިގު ރިޕޯޓެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެކަން ބެލުމަށް ފަހު އެކަމާ ބެހޭ ގޮތުން ކަމާ ބެހޭ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ. 

އޯސީސީއާރުޕީ އާރުގެ ތަހުގީގު ރިޕޯޓް ނެރެފައި މިވަނީ ރިޔާސީ އިންތިޚާބަށް ހަފްތާއަކަށް ވުރެ ވެސް ކުޑަތަން ވެފައިވަނިކޮށެވެ.

ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްްޔިތުންނަށް ބިރުދައްކަމުންދާ ކަމަށް ބުނަމުންނެވެ.

މީގެ ކުރިން އަލްޖަޒީރާ އިން ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ބެހޭ ގޮތުން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ޑޮކިއުމެންޓަރީއެއް ގެނެސްދީފައެވެ. 

- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 21:04
Zeem
Ufaa vehjea
18 ސެޕްޓެންބަރ 2018 | އަންގާރަ 16:17
Kj
Miulhey madhu mees kolhah visnen vehje ehnu. Ehaa nubai meehakah vote dheym heyo ves nuvaane
18 ސެޕްޓެންބަރ 2018 | އަންގާރަ 08:09
ހ މ ޒ
ދިވެހި ތާރީޚްގައި ބާއްވާ އެންމެ ބޮޑު ޖަލްސާ!؟