ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 10:49
މާލޭކޮޅުން ބްރިޖަށް ބަޔަކު އަރަނީ: މިއަދު ވަކި ގަޑިއަކަށް ބަންދުވާނެ
މާލޭކޮޅުން ބްރިޖަށް ބަޔަކު އަރަނީ: މިއަދު ވަކި ގަޑިއަކަށް ބަންދުވާނެ
އަޝްވާ ފަހީމް
އާ ރަންވޭ ހުޅުވުން
އައު ރަން ވޭ ހުޅުވުމާ ދިމާކޮށް ބްރިޖް ބަންދު!
ބަންދު ކުރަނީ 15:15 އިން 16:15 އަށް އަދި 17:30 އިން 18:30އަށް
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޓާމިނަލް ސަރަހައްދު ހުސްކުރަން ވެސް ވަނީ އަންގާފައި
އާ ރަންވޭގައި އޭ380 މަރުކާގެ މަތިންދާބޯޓު ޖެއްސުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ހަވީރު 3:30 ގައި

މިއަދުގެ ވަކި ގަޑިތަކަކަށް ސިނަމާލެ ބްރިޖް ބަންދުކުރުމަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ

ޓްރެފިކް އެލާޓެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން އަންގާރަ ދުވަހުގެ ވަކިގަޑިތަކެއްގައި ސިނަމާލެ ބްރިޖް އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން މެންދުރު ފަހު 3:15 އިން ހަވީރު 4:15 އަށް އަދި 5:30 އިން އިރުއޮއްސި 6:30 އަށް ބްރިޖް ބަންދުކުރެވޭނެ ކަމަށް ފުލުހުންގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށް އަންގާރަ ދުވަހު ހަވީރު އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 ޖައްސަން އަންނަ ވަގުތާ ދިމާކޮށް، ސަލާމަތީ ސަބަބުތަކަށްޓަކައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޓާމިނަލް ސަރަހައްދު ހުސްކުރަން ވެސް ވަނީ އަންގާފައެވެ.

އެ އެއާޕޯޓުގައި އަލަށް ހެދި ރަންވޭއަށް ފުރަތަމަ އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓު ޖެއްސުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ހަވީރު 3:30 ގައެވެ. އެ ރަސްމިއްޔާތު 3:00 ގައި ފަށާތީ، ޓީއެމްއޭ ސަރަހައްދުގައި ހިމެނޭ ޓާމިނަލް ބީ އާއި ޓާމިނަލް ސީ އާއި ސްޓާފް ކެންޓީން އަދި އިރުމަތީ ފަރާތުގައި ހުންނަ ހެނގަރު ވެސް ހުސްކުރަން އެމްއޭސީއެލް އިން އަންގާފައި ވެއެވެ.

ޓީއެމްއޭގެ މުވައްޒަފުން އެތަނުގައި މަސައްކަތްކުރުން ވެސް 3:00 އިން 4:00 އަށް ހުއްޓާލާނެއެވެ.

އިއްތިހާދުގެ އޭ380ގައި ފުރަތަމަ ރާއްޖެ އަށް އަންނާނީ ބަންގްލަދޭޝްގެ ޑާކާގައި އޮތް ސާފް ސުޒުކީ ކަޕްގެ ފައިނަލްގައި 2-1 އިން އިންޑިއާ ބަލިކޮށް ތަށި އުފުލައިލި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ. މި ބޯޓު ދުއްވާނީ ދިވެހި ޕައިލެޓެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 09:25
އާކަމެއްތަ
އާކަމެއްތަ
18 ސެޕްޓެންބަރ 2018 | އަންގާރަ 07:12
އަހައްމާ
ދެން ކޮންމެ ފަހަރަކު ވެސް ތި ބޯޓު ޖައްސަންވީމާ ތި ބުރިޖް ބަންދު ކުރާނީ ތޯ ؟ އަދި ޓީއެމްއޭ ސީޕްލޭން މުވައްޒިފުން މަސައްކަތް ނުކުރެވޭނެ ގޮތް ހަދަނީ ތޯ ؟ އެކަމަކު މިހާރު ތި އެއަރޕޯޓް ޓެސްޓް ފުލައިޓް (އިންޑިޔާ ބޯޓް) ޖައްސަފައި އޯކޭ ދީފާނޫންތޯ މިހާރުވަނީ ؟