ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 10:34
ފުލުހުން ފޮޓޯތައް ނަގަނީ
ފުލުހުން ފޮޓޯތައް ނަގަނީ
ވީޑިއޯ ސްކްރީން ޝޮޓް
ރިޔާސީ ރޭސް 2018
އިހަވަންދޫގައި ހަރުކޮށްފައި ހުރި ކެންޕެއިން ޕޯސްޓަރ ފުލުހުން ނަގާ ވީޑިއޯއެއް ވައިރަލް ވެއްޖެ
ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯތައް ފުލުހުން ނަގާފައިވަނީ ފަތިސް ގަޑީގައި
މީގެ ކުރިން ވެސް ފުލުހުން ވަނީ ހަރުކޮށްފައި ހުރި ފޮޓޯތައް ނަގާފައި

ހއ. އިހަވަންދޫގެ ގެއެއްގެ ފާރުގައި, ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަރުކޮށްފައި ހުރި ކެމްޕެއިން ޕޯސްޓަރުތަކެއް ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ މީހަކު ނަގާ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

އިހަވަންދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ޚަލީލް ރާއްޖެއެމްވީއަށް ވިދާޅުވީ ފުލުހުން ނަގާފައި ވަނީ އެރަށު ގިނިހިރާގޭގެ ފާރުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތައް ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން ނަގަނީ އެގޭގެ ފާރުގައި ހަރުކޮށްފައި ހުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅުތަކެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ފޮޓޯފުޅުތައް ވެސް އެ ފާރުގައި ވަނީ ހަރުކޮށްފައެވެ.

ގިނިރާހިގޭގެ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯތައް ފުލުހުން ނަގާފައި ވަނީ ފަތިސް ގަޑީގައި ކަމަށް އެމަންޒަރު ދުށް މީހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

"ރަށުގެ ޒުވާނުން ކުރާކަމެއް އެއީ. އަޅުގަނޑުމެން ކުރާ ކަމެއް ނޫން އެއީ. މީގެ ކުރިން ވެސް ވަނީ ކެންޕެއިން ޖަގަހަތަކުން ރައީސް ނަޝީދު ކުރިން ދައްކަވާފައި ހުރި ވާހަކަފުޅެއް ޖެހިޔަސް އެކަން  ފުލުހުން ހުއްޓުވާފައި،" އަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

އެރަށު ކައުންސިލްގެ މެމްބަރު މުޙައްމަދު މަފާޒު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން މައުމޫން ރިފޯމްގެ ބޭފުޅުން އެރަށަށް ވަޑައިގެން ތަތްކުރި ކުރީގެ ރައީސް މައުމޫންގެ ޕޯސްޓަރުތައް ވެސް ފުލުހުން  ނަގާފައިވާ ކަމަށެވެ.

ކުށްވެރިންގެ ފޮޓޯ ބޭނުންކޮށްގެން ކެންޕެއިން ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ޕާޓީތަކަށް އަންގާފައެވެ. އަދި ފުލުހުން ވެސް ވަނީ އެފަދަ ކަމެއް ކުރާ ނަމަ އެބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް