ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެތަނުގެ އަގު "ޗަކަވަޅަކަށް" ވައްޓާލާފައިވާ ކަމަށް މިސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްއެންޔޫ އިން ބޭއްވި ރިޔާސީ ބަހުސްއާ ބެހޭ ގޮތުން ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫއިން އެ މީހުންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލުމުން ވަރަށް ބޮޑަށް ދެރަ އިހުސާސް ކުރެވިފައިވާ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ އެމްއެންޔޫ އިން ސުވާލާއި ޖަވާބު ކަމަށް ބުނެ ބޭއްވި ބަހުސްއަކީ ރައީސް ޔާމީންގެ ކޮރަޕްޝަނާއި، އަނިޔާވެރިކަމުގެ ތީސިސް ދިފާއުކުރުމަށް ބޭއްވި ބަހުސްއެއް ކަމަށެވެ. އަދި ބަހުސް ކިޔުމުގެ ބަދަލުގައި ރައީސް ޔާމިންގެ ކޮރަޕްޝަނާއި، އަނިޔާވެރިކަން ދިފާއުކުރުން ކިޔުން މާރަނގަޅުވާނެ ކަމަށެވެ.
Can’t help but feel pity to @MNUedu for taking reputation to gutter. You may have become first institute to hold a Q&A call it debate? Why not call it Yameen defending his thesis on torture, theft & corruption? Can MNU enlighten on debate's meaning? Was YAG debating with MNU? pic.twitter.com/RDml7BfoUu
— Mohamed Jameel Ahmed (@MJameelAhmed) September 16, 2018
ރައީސް ޔާމީން އެކަނި ހުންނަވާ ކުރިއަށް ގެންދިޔަ މި ބަހުސްއަކީ ދުނިޔޭގައި ވެސް މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ ބަހުސްކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގެ ސަބަބުން އެޔުނިވާސިޓީގެ އަގު "ޗަކަވަޅަކަށް" ވެއްޓިފައިވާ ކަމަށެވެ. މިބަހުސްގެ ސަބަބުން އެމްއެންޔޫގެ އަގު ވެއްޓިފައިވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން ބަހުސްގެ މާނަ ޔުނިވާސިޓީން ދަސްކޮށްދޭންޖެހޭ ކަމަށާއި، މި ބަހުސްގެ ހަގީގަތް ހާމަކޮށްދިނުމަށް ޑރ. ޖަމީލު ވަނީ ގޮވާލައްވާފައެވެ.