ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 00:44
އައިމިނަތު ނާދިރާ
އައިމިނަތު ނާދިރާ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓަށް މަކަރު ހެދުމަށް ފުރުސަތު ދީގެން ނުވާނެ: ނާދިރާ
މަކަރު ހެދުމުގެ ހުރިހާ ފުރުސަތެއް ދިވެހި ރައްޔިތުން ހުއްޓުވާނެ ކަމަށް ވިދާޅުވި

މި މިމަހުގެ 23 ވަނަ ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުގައި މަކަރު ހަދާ ހިޔާނަތްތެރިވުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ހޯމަ ދުވަހުގެ ރޭ ފ. ބިލެއްދޫގައި ބޭއްވި ކެމްޕެން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން މަކަރުހަދުމާއި އޮޅުވާލުމަކީ ކުރިއަށް އޮތް ތަނުގައި ދިވެހި ރައްޔިތުން ދޫދޭނެ ކަންކަން ނޫން ކަމެވެ.

ނާދިރާ ވިދާޅުވީ މި ވޯޓަކީ ޔަގީން ވޯޓެއް ކަމާއި މަކަރު ހެދުމުގެ ހުރިހާ ފުރުސަތެއް ދިވެހި ރައްޔިތުން ހުއްޓުވާނެ ކަމަށެވެ. މީގެ އިތުރުން ނާދިރާ ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ދޭން ވައުދުވި ދިހަ ހާސް ރުފިޔާ ލިބޭ އެއްވެސް މީހެއް ނެތް ކަމަށެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއްގައި މަސްވެރިންނަށް ބާނާ މަހުގެ ހަމައަގު ލިބިގެންދާނެ ކަމަށެވެ.

އަދި ބޭސް ފަރުވާއަށް ސަލާން ޖެއްސެވުމަކީ މިސަރުކާރުން އާދަކޮށްފި ކަމެއް ކަމަށާއި ކޯލިޝަން ސަރުކާރެއްގައި ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުވާނެ ކަމަށެވެ.

ކޯލިޝަން ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަހަމަ ކަމާއިއެކު ލިބިގެން ދާނެ ކަމަށް  ނާދިރާ ވިދާޅުވިއެވެ.

މިސަރުކާރުން ވަޒީފާ ކަށަވަރު ވަނީ އާއިލާގެ އެންމެން ޕީޕީއެމް އަށް ސޮއި ކުރުމުން ކަން ފާހަގަ ކޮށް ނާދިރާ ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އެކަން ހުއްޓުވާނެ ކަމަށެވެ.

އަދި ބޭނުންވާ ގޮތަކަށް ބޭނުންވާ ފިކުރެއްގައި މަސައްކަތް ކުރުމުގެ ފުރިހަމަ އިތުބާރު އިބޫ ދެއްވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް