ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 00:38
އަސްލު ސައިޒު ދައްކާލުމަށް، އައްޑޫއިން މާލެއަށް މީހުން މޯލްޑިވިއަންގެ ފްލައިޓެއްގައި
އަސްލު ސައިޒު ދައްކާލުމަށް، އައްޑޫއިން މާލެއަށް މީހުން މޯލްޑިވިއަންގެ ފްލައިޓެއްގައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ނިހާން ކުރިން ވިދާޅުވީ ވައިގެ މަގުން ބަޔަކު ނުގެންނާނެ ކަމަށް!
ނިހާން އެހެން ވިދާޅުވީ ހޮނިހިރު ދުވަހު
ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް މީހުން އަރުވައިގެން ޗާޓަރ ފްލައިޓުތައް މާލެ

ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލުމަށް ބާއްވާ ޖަލްސާއަށް ވައިގެ މަގުން މީހުން ނުގެންނާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވިތާ، 48 ގަޑިއިރު ނުވަނީސް ފްލައިޓުތައް ޗާޓަރުކޮށްގެން މާލެއަށް މީހުން ޖަމާކުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނިހާން ވިދާޅުވީ ވައިގެ މަގުން މީހުން ނުގެންނަން ނިންމާފައިވާ ކަމަށާއި އެގޮތުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ގދ. އާއި ގއ. އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކުން ވައިގެ މަގުން މީހުން ގެނެވެން ނެތް ކަމަށެވެ. ނަމަވެސް ބޮޑު ޖަލްސާއަށް ކަނޑުމަގުން މާލެ ސަރަހައްދުގެ ރަށްތަކުން މީހުން ގެންނާނެ ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

"އަތޮޅުތަކުން ވައިގެ މަގުން، އަޅުގަނޑުމެންނަށް ގެނެވެން ނެތިގެން އެކަން ހުއްޓާލާފައިވާ ވާހަކަ ދަންނަވަން. ވައިގެ މަގުން އެއްވެސް ހިސާބަކުންނެއް އަޅުގަނޑުމެންގެ ސަޕޯޓަރުންނެއް އަޅުގަނޑުމެންގެ މައިގަނޑު ބޮޑު ޖަލްސާ، 17 ވަނަ ދުވަހުގެ ރޭގެ ޖަލްސާ [18 ވަނަ ދުވަސް] ނުގެންނަން،" މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިހާން ވިދާޅުވެފައިވެއެވެ.

ނިހާން ވިދާޅުވި ގޮތާ ހިލާފަށް ހޯމަ ދުވަހުން ފެށިގެން ވައިގެ މަގުން ދެކުނުގެ އަތޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ގެންދަނީ ޖަމާ ކުރަމުންނެވެ. ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލުމަށް ބާއްވާ އެ ޖަލްސާއަށް ގދ. ކާޑެއްދޫ އެއާޕޯޓުން ގިނަ އަދަދެއްގެ ޗާޓަރ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވެއެވެ. އަދި މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާ ބޯޓު ޗާޓަރކޮށްގެން އައްޑޫ ސިޓީން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލޭ ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 03:59
Truth
He knows nothing; and he thinks he knows everything. That points clearly to a political career. George Bernard Shaw, Major Barbara