ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 19:51
ފީއަލީ މޫދުގައި ހަދާފައިވާ ސްޓޭޖް
ފީއަލީ މޫދުގައި ހަދާފައިވާ ސްޓޭޖް
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫގެ ތައުރީފު ފީއަލީ ރައްޔިތުންނަށް!
މިއީ މިކެމްޕެއިންގައި ފެނިގެންދިޔަ އެންމެ ތަފާތު އެއް ސްޓޭޖް

ގުޅިފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ފީއައްޔަށް ވަޑައިގަތްއިރު، އެރަށުގައި ބޭއްވި ޙަރަކާތްތަކާއި، އެރަށު ރައްޔިތުން ވެފައިވާ ތައްޔާރީތަކަށް އިބޫ ތަޢުރީފްކުރައްވައިފިއެވެ. 

ފީއަލީގައި ހޯމަ ދުވަހު ހަވީރު ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާ ބާއްވާފައިވަނީ އެރަށު އަތިރިމަތީގައެވެ. ތަފާތު ގޮތަކަށް ޖަލްސާގެ ސްޓޭޖް ހަދާފައި ހުރީ މޫދުގައެވެ. އިބޫގެ ކެންޑިޑޭޓް ނަމްބަރު 2 ގެ ޑިޒައިނަށް ހަދައި ވެލިއަޅާފައިވާ ސްޓޭޖް ކައިރީގައި މޫދުގައި "ޖަޒީރާ ރާއްޖެ" ޖަހާފައި ވެއެވެ. މިއީ ތަފާތު އެކި ކަހަލަ ޕޯޑިއަމްތައް ފެނިގެންދިޔަ މިފަަހަރުގެ ކެމްޕެއިންގައި ފެނުނު އެންމެ ތަފާތު އެއް ޕޯޑިއަމްއެވެ. 

ސްޓޭޖްގައި އިބޫ ވާހަކަ ދައްކަނީ

ސްޓޭޖާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ފީއަލީގައި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އިބްރާހިމް ނަސީމް ވިދާޅުވީ މިފަދަ ސްޓޭޖެއް ހެދުމުގެ ވިސްނުން އެރަށުގެ އެމްޑީޕީ އެކްޓިވިސްޓުން ތަންކޮޅެއް ކުރިންވެސް ގެންގުޅުނު ކަމަށެވެ. އަދި މިފަހަރު އިބޫ ވަޑައިގަންނަވާއިރު އެފަދަ ސްޓޭޖެއް ހެދުމަށް ނިންމީ ހޮނިހިރު ދުވަހު ކަމަށާއި، އެެދުވަހު މަސައްކަތް ފެށި ގޮތަށް މަސައްކަތް ނިންމާލެވުނީ ހޯމަ ދުވަހުގެ މެންދުރު ކަމަށެވެ. ނަސީމް ވިދާޅުވީ އެސްޓޭޖް ހެދުމަށް 2 ރޯލު ފޮއްޗާއި 12 ފްލައިވުޑް ފިލާ ބޭނުންކުރި ކަމަށާއި، އެމަސައްކަތް ކުރީ ރަށުގެ ހެޔޮއެދޭ ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.

މި ސްޓޭޖަށް އިބޫ ވަނީ ތައުރީފުކުރައްވާފައެވެ. އަދި އިބޫގެ ތައުރީފު އުފަލާއިއެކު ބަލައިގަންނަކަމަށް ރަށުގެ ރައްޔިތުން ބުންޏެވެ. 

ނަސީމް ވިދާޅުވީ ރަށުގެ މޫދުގައި ސްޓޭޖް އެޅުމަށް ނިންމީ ރަށުގެ ބިމެއް ނެތި، ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރު ހާމަކޮށްދީ، އެ މެސެޖް ދިނުމަށް ކަމަށެވެ. އަދި އެ މެސެޖް ބަލައިގަނެ، އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް އިބޫ ވިދާޅުވިކަން ނަސީމް ފާހަގަކުރެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 14:14
ރަޝީދު
މިފަހަރު ގޯތި ލިބޭނެ ދޯ މަށައް ވެސް.