ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 19:35
ޕީޕީއެމް ގެ ޖަލްސާއެއް
ޕީޕީއެމް ގެ ޖަލްސާއެއް
ޓްވިޓަރ
ޕީޕީއެމް ޖަލްސާ
އަސްލު ސައިޒް ދައްކާލަން އަންނަ ކޮންމެ މީހަކަށް 1000 ރުފިޔާ ދެނީ!
މާލެއައި މީހުންނަށް ވަނީ 1000 ރުފިޔާ ދީފައި

އަސްލު ސައިޒް ދައްކާލަން ކަމަށް ބުނެ ވެރިކަންކުރާ ޕީޕީއެމްއިން އަންގާރަ ދުވަހުގެރޭ ބާއްވާ ޖަލްސާއަށް އަންނަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ފައިސާގެ އެހީއެއް ދެމުން ގެންދާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އެގޮތުން އައްޑޫ ސިޓީއިން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެމީހުން ބޮޑު ގުރޫޕެއް ހަދައިގެން ޖަލްސާއަށް މާލެއައީ އެމީހުންގެ ކޮންމެ މީ ހަކަށް 1000 ރުފިޔާ ދިނުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫން މާލެ އައި މީހުންނަށް އަންގާފައި ވަނީ އަންގާރަ ދުވަހުގެރޭ އޮންނަ ޕީޕީއެމްގެ ބޮޑު ޖަލްސާއަށް ދިއުމުގެ އިތުރުން، އަންގާރަ ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމުގެ ޖަލްސާއަށްވެސް ދިއުމަށެވެ.

ޖަލްސާއަށް އައި ފަރާތްތަކަށް މާލޭގައި ދެރޭ ނިދުމާއި ކެއުމުގެ ޚަރަދުގެ ގޮތުގައި 1000 ރުފިޔާ ދިން އިރު މާލެގައި ދުވަހު ކުއްޔަށް އާންމުކޮށް ކޮޓަރިއެއް ދޫކުރަނީ 400 ރުފިޔާ އަށް ވުރެ މަތީގެ އަގަކަށެވެ.

ޕީޕީއެމްގެ އަސްލު ސައިޒް ޖަލްސާއަށް އަތޮޅު ތެރެއިން އަންނަ މީހުންނަށް ފައިސާގެ އެހީ ދެމުންދާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވަނީ ޕީޕީއެމްގެ ސައިޒް ދައްކާލަން އަންގާރަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް މީހުން ގެނައުމަށް ގިނަ އަދަދެއްގެ ފްލައިޓް ޗާޓަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމަ ދުވަހު ކައްދޫ އިން މާލެއަށް 11 ޗާޓަރ ފްލައިޓް އަންނަން ހަމަޖެހިފައިވާ ކަމަށެވެ.

- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 15:42
ހެލޯ
1000 * 30،000 = 30،000،000