ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 20:05
ވ. އަތޮޅުގެ ފުލުހުން ޓްރޭނިންގްގައި ހަރަކާތްތެރި ވަނީ
ވ. އަތޮޅުގެ ފުލުހުން ޓްރޭނިންގްގައި ހަރަކާތްތެރި ވަނީ
ޕޮލިސް
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބާ ދިމާކޮށް ވ. އަތޮޅުގެ ފުލުހުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި
ފުލުހުންނަށް ތަފާތު ދާއިރާތަކުގެ މަޢުލޫމާތު ވަނީ ދީފައި
އެ ޓްރެއިނިންގައި 17 ފުލުހަކު ބައިވެރިވެފައިވޭ

ރިޔާސީ އިންތިހާބާ ދިމާކޮށް ފުލުހުން ވ. އަތޮޅުގައި ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު ހިންގި އެ ޕްރޮގްރާމުގައި، ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ހަތިޔާރު ބޭނުންކުރާ ޤަވާއިދާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލެސް ލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ މުގުރާއި ޕެޕަރ ސްޕްރޭ ފަދަ ތަކެތި ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދިއުމުގައި ޢަމަލުކުރާނެ އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ރިފްރެޝަރ ޕްރޮގްރާމްގައި ވ.އަތޮޅުގައި މަސައްކަތްކުރާ 17 ފުލުހަކު ބައިވެރިވެފައިވެއެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވަނީ އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަމްރީން ލިބިފައިވާ ފުލުހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް