ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 15:08
މާފުށި ޖަލު
މާފުށި ޖަލު
ގޫގުލް
މާފުށީ ޖަލު
މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފި!
މާފުށީ ޖަލަކީ ގިނަ އަދަދެއްގެ ހައި ޕްރޮފައިލް މީހުން ބަންދުކޮށްފައި ތިބި ޖަލެއް

ހައި ޕްރޮފައިލް ގިނަ ބަޔަކު ބަންދުކޮށްފައިވާ މައި ޖަލު، މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނެސްފިއެެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ މިއަދުގެ ވަގުތެއްގައި މާފުށީ ޖަލު އެލާޓަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެލާޓަށް ގެނައި ކީއްވެ ކަމެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާާޅުވިއެވެ.

އެ ޖަލުގައި ބަންދު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ހައްޔަރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހުންނަވަނީ އެ ޖަލުގައެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުން ވެސް އެޖަލުގައި ހައްޔަރުކޮށްފައިވެއެވެ.

 

އެ ޖަލު އެލާޓަށް ގެނެސްފައިވާ އިރު، ވަކީލުންގެ ބައްދަލުވުންތައް ވެސް ސިޔާސީ ފަރާތްތަކަށް މިދުވަސްކޮޅު ނުދެއެވެ.

ޖަލު އެލާޓަށް ގެނެސްފައިވާ އިރު ޖަލުތެރެ ހަލަބޮލިކޮށް ހަމަނުޖެހުން ހިންގާފާނެ ކަމަށް ބުނެ، ކަރެކްޝަން އިން ވަނީ އެ ސަވިސްގެ ބައެއް އިސްވެރިންގެ މަގާމްތަކަށް ބަދަލުގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް