ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 19:56
ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ މަސައްކަތް ކުރާގޮތް ނޫސްވެރިންނަށް މެލޭޝިއާގައި ދައްކާލަނީ
ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ މަސައްކަތް ކުރާގޮތް ނޫސްވެރިންނަށް މެލޭޝިއާގައި ދައްކާލަނީ
ރާއްޖެ އެމްވީ
ރިޔާސީ ރޭސް 2018
ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރާނެކަމަށް ބުނަނީ ބިރު ދައްކަން: ޕީޕީއެމް
ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ނޫސްވެރިންނަށް ދައްކާލައިފައިވަނީ މެލޭޝިޔާގައި ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތަށްފަހު
އޭޝިއާ ސަރަހައްދުގައި ވެސް އެ ޓެކްނޮލޮޖީ ބޭނުން ކުރޭ
ނިހާނު ވިދާޅުވީ އެފަދަ ސޮފްޓްވެއަރއެއް މިހާތަނަށް އުފެއްދިފައި ނެތްކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް، އެމްޑީޕީ ބޭނުންކުރާނެކަން އިއުލާންކުރި އިންސާނާގެ ސޫރައިން އޭނާގެ ވަނަވަރު ދެނެގަންނާނެ ގޮތް ނުވަތަ ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށް އެޕާޓީން ބުނަނީ ބިރުދެއްކުމަށް ކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެފަދަ ޓެކްނޮލޮޖީއެއް ހަދާފައިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށެވެ. އެފަދަ ސޮފްޓްވެއަރއެއް މިހާތަނަށް އުފެއްދިފައި ނެތްކަމަށް ވިދާޅުވެ ނިހާނު ވިދާޅުވީ އެފަދަ ސޮފްޓްވެއަރއެއް އުފެއްދިފައިވާނަމަ އެޕަލް އެންޑްރޮއިޑް ކަހަލަ ބޮޑެތި ޕްލެޓްފޯމްތަކުން އެ ސޮފްޓްވެއަރ މިލިއަނުން ގަންނާނެކަމަށެވެ.

"މިހާރު ކުއްލިއަކަށް ވަރަށް ބޮޑު މާސިންގާ ވާހަކައަކަށް ވެގެން ކިއުގައި ވޯޓުލާން ތިބޭ މީހުން ނުވަތަ ވޯޓުލާފަ ނިކުންނަ މީހުން ދެނެގަންނާނެ ސޮފްޓްވެއަރއެއް މިމީހުންނަށް އުފެދިއްޖެ. މިވަރުގެ ސޮފްޓްވެއަރއެއް އުފެދިއްޖެނަމަ މިމީހުން ރާއްޖެއަކު މި ބޭނުންކުރާކަށް މަޑެއް ނުކުރާނެ. އެޕަލް އެންޑްރޮއިޑް ކަހަލަ ބޮޑެތި ޕްލެޓްފޯމްތަކުން ބޮޑެތި ގައުމުތަކުން މި ސޮފްޓްވެއަރ ގަންނާނެ މިލިއަނުން ޑޮލަރު ދީފައި. އެހެންވީމަ އެއްވެސް ކަމެއް ވެގެން ނޫން މިއުޅެނީކީ. ހަމަ އެއްކަލަ މީހުންގެ ހިތަށް ބިރުވެރިކަން ގެނައުމަށްޓަކައި ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ހަމަ ކަނޑައެޅިގެން ދޫކޮށްލި ދޮގު ޚަބަރެއް މިއީ، އެއްވެސް ގޮތަކަށް ތަރުތީބު ކުރުވަނިވި އެއްވެސް އުސޫލަކުން ތަނަކުން ހިނގާފައި އަންނަ ބަޔަކު ކިޔޫގައި ތިބި ބަޔަކު ވޯޓުދޭނެ ގޮތް އެމީހުންގެ މޫނު މައްޗަކުން ނުފެންނާނެ ނުވެސް އެނގޭނެ. އެތިއްބެވި ހިސާބުގެ ޕްރޮފެސަރުން އަޅުގަނޑަށް ހީވަނީ އެ ތިއްބަވަނީ ވަރަށް އިހުޒަމާނުގައިހެން،" ނިހާނު ވިދާޅުވިއެވެ. 

ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އަކީ ނެތް ޓެކްނޮލޮޖީއެއްކަމަށް ނިހާނު ވިދާޅުވާއިރު އޭޝިއާ ސަރަހައްދުގައި ވެސް އެ ޓެކްނޮލޮޖީ އޭޝިއާގެ ޤައުމުތަކުގައި ބޭނުންކުރެއެވެ. މަގުތަކާއި މީހުން އެއްވެ އުޅޭ ތަންތަނުގައި ފޭސް ރެކޮގްނިޝަން ކެމެރާ ހަރުކޮށްގެން، މޮނީޓާ ކުރަމުންދާ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ޗައިނާ ހިމެނެއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް، އެމްޑީޕީއިން ބޭނުންކުރާނެކަން އިއުލާންކުރި އިންސާނާގެ ސޫރައިން އޭނާގެ ވަނަވަރު ދެނެގަންނާނެ ގޮތް ނުވަތަ ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ނޫސްވެރިންނަށް ދައްކާލާފައިވަނީ މެލޭޝިޔާގައި ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތަށްފަހު މިމަހުގެ 14 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 13:00
Y
ކިތަންމެ މޮޅު ޓެކްނޮލޮޖީ އެއް ވިޔުސް އަހަރުންގެ ހިއްދަ ނެތި އަހަރުންގެ ފޮޓޯ ނެގުމުގެ ހައްގެތް އެމްޑީޕީ އަކަށް ނޯންނާނެ. މީ ސީދާ ވޯޓައް ނުފޫޒު ފޯރުވަން ކުރާ ކަމެއް. ޟިކަން ހުއްޓުވަން އީސީ އަދި ޕޮލިހައް އިލްތިމާސް ކުރަން.
17 ސެޕްޓެންބަރ 2018 | ހޯމަ 12:21
ބޭނުންކުރާނެ
ބިރުގަތަސް ނުގަތަސް ބޭނުންކުރާނެ