ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 14:44
ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު
ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު
ރާއްޖެ އެމްވީ
ރިޔާސީ ރޭސް 2018
ސައިޒު ދައްކާލާ ޖަލްސާގައި ވެލި ދަނޑުގައި 20،000 ގޮނޑި ޖަހަނީ
ޓާގެޓަކީ ވަރަށްބޮޑު އަދަދެއް
ޖަލްސާއަށް ދިއުމަށް ސަރުކާރުގެ މުއައްޒަފުންނަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށް ވިދާޅުވި

ޕީޕީއެމްގެ ސައިޒް ދައްކާލަން އަންގާރަ ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި 20،000 ގޮނޑި ޖަހާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ސަކީނާ މަންޒިލްގައި ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ އަންގާރަދުވަހުގެ ޖަލްސާއަށް ހާޒިރުވާނެ މީހުންގެ އަދަދު ކަނޑައެޅިގެން އަންދާޒާކުރަން ދަތި ކަމަށާއި އެހެން ނަމަވެސް 20،000 ގޮނޑި އެސަރަހައްދުގައި ޖަހާނެ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ދަތި މިއަދަދަކީ ކިހާވަރެއް ކަމެއް. އެކަމަކު ޔަގީންކަމާ އެކު ދަންނަވަން ކެރޭ މުޅި ސަރަހައްދުގައި އަޅުގަނޑުމެންޖަހާނަން ވިއްސަކަށްހާސް ގޮނޑި. އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ދަނޑުގެ ސަރަހައްދުގައި ވެލި ދަނޑުގައި އަޅުގަނޑުމެން ޖަހާނަން މަދުވެގެން ވިހިހާސް ގޮނޑި،" ނިހާން ވިދާޅުވިއެވެ.

"ސައިޒު ދައްކާލަން" ޕީޕީއެމުން ބާއްވާ ޖަލްސާ ބާއްވަނީ މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައެވެ. އަންގާރަ ދުވަހުގެ ޖަލްސާއަށް ޕީޕީއެމުންދަނީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެންނަމުންނެވެ. އެގޮތުން ފްލައިޓް ޗާޓަރު ކޮށްގެން ހިފައިގެން މީހުންދަނީ މާލެ ޖަމާކުރަމުންނެވެ.

ނިހާނު ވިދާޅުވީ އެ ބޭފުޅުންގެ ޓާގެޓަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި ޖަލްސާ ފެށުމުން އެ އަދަދު ދައްކާލާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމިއްލަ ނަފްސަށް އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ތާއީދު އެބަ އޮތްކަން،" ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ "ސައިޒު ދައްކާލާ ޖަލްސާއަށް" ދިއުމަށް ސަރުކާރުގެ މުއައްޒަފުންނަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 11:59
ލަކީ
ހެހެހެމަވެސް މިއައީ ވޯޓެއް ނުލިބޭނެ
17 ސެޕްޓެންބަރ 2018 | ހޯމަ 10:39
ފުރަތަމަ ސުވާލު
ރާއްޖެ ޓީވީއިން ނިކަން ދައުލަތުން ހިންގާ ކޯޕަަރޭޝަން ތަކުގެ މުވައްޒަފުންނާއި ސުވާލު ކޮއްބަލަ، ލިސްޓް ނަގާ ނިމިއްޖެ މިހާރު
17 ސެޕްޓެންބަރ 2018 | ހޯމަ 10:16
އަޙްމަދު
މުޅި ރާއްޖެއިން މީހުން ގެނެސްގެން 20 ހާސް ވީމަ އެއީ ކޯންޗެއްތޯ