ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 12:50
މޯޅްޑިވިއަންގެ ފްލައިޓެއް
މޯޅްޑިވިއަންގެ ފްލައިޓެއް
ގޫގުލް
ރިޔާސީ ރޭސް 2018
ޕީޕީއެމްގެ ސައިޒް ދައްކާލަން ގިނަ އަދަދެއްގެ ޗާޓަރު ފްލައިޓްތަކެއް!
ހޯމަދުވަހުގެ ހެނދުނު 9:55 އިން އެރޭ 23:33 އަށް 11 ފްލައިޓް ކައްދޫއިން މާލެ ފުރާނެ

ޕީޕީއެމްގެ ސައިޒް ދައްކާލަން އަންގާރަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް މީހުން ގެނައުމަށް ގިނަ އަދަދެއްގެ ފްލައިޓްތައް ޗާޓަރު ކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޓްވީޓު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ކައްދޫ އިން މާލެއަށް 11 ޗާޓަރ ފްލައިޓް އަންނަން ހަމަޖެހިފައިވާ ކަމަށެވެ. މޯލްޑިވިއަންގެ ޝެޑިއުލްގައި އެ ފްލައިޓްތައް ފުރާ ގަޑި ވަނީ ހިމަނާފައެވެ.

ކައްދޫ އިން ފްލައިޓްތައް އައުމަށް ހަމަޖެހިފައި ވަނީ ހޯމަދުވަހުގެ ހެނދުނު 9:55 އިން އެރޭ 23:33 އާދެމެދުއެވެ. 

މަހުލޫފު ކުރެެއްވި އެހެން ޓްވީޓެއްގައި ވަނީ ޕީޕީއެމްގެ ޖަލްސާއަށް އައްޑޫ އިން މާލެ އަންނަނީ ދެ ފްލައިޓް ކަމަށާއި ހަގީގަތުގައި ވެސް ހަމަ އަސްލު ސައިޒް އެބަ އެނގޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ވިސްނޭ ކަމަށް އޭނާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

 

މިއަދުގެ އިތުރުން މާދަމާ ވެސް ގިނަ އަދަދެއް ފްލައިޓްތައް ޗާޓަރުކޮށްފައި ވެއެއެވެ. 

އަންގާރަ ދުވަހު "ސައިޒު ދައްކާލަން" ޕީޕީއެމުން ބާއްވަން ހަމަޖެއްސި ޖަލްސާ މާދަމާ އަށް ބަދަލު ކޮށްފައި ވަނީ ޕީޕީއެމުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ޖަލްސާ ލަސްކުރީ އެކި ރަށްރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ޕީޕީއެމްގެ އެ ޖަލްސާއަށް އަތޮޅުތަކުން މީހުން ގެންނަން ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ މާދަމާ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. 

 

- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 10:47
މަރީ
! ކުދިންނޭ ކުދިންނޭ ތިޔައީ ގައުމީއެއާރ ލައިން ތިފުލައިޓްގެ ދަތުރުތަކަށް ޕޭކުރިތޯ ޔަޤީންކުރޭ އެހެންނޫނީ ހުރިހާލާރިއެއް އަނެއްކާވެސް އަންނަސަރުކާރުން ދައްކަންޖެހޭނީ ޕީޕީގެ ބޭނުންތަކަށް ގައުމީ އެއާރލައިން ހިތުހުރިގޮތަކަށް ބޭނުންކުރިޔަދީގެންނުވާނެ