ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 07:52
އިބޫއަށް ތާއިދުކޮށް ނިކުން، ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް މުވައްޒަފުން އިބޫއާއެކު ފޮޓޯއަކަށް ހުއްޓި
އިބޫއަށް ތާއިދުކޮށް ނިކުން، ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް މުވައްޒަފުން އިބޫއާއެކު ފޮޓޯއަކަށް ހުއްޓި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކުޑަހުވަދޫގެ ޓީޗަރުން ވެސް އިބޫއާއެކު
ގިނަ ކަންބޮޑުވުންތައް އިބޫއާ ހިއްސާ ކުރެއްވި

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ ގިނަ ޓީޗަރުންތަކެއް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމަނިކުފާނާ ބައްދަލު ކުރައްވައިފިއެވެ.  

އިބޫއަށް ތާއިދުކުރާކަން ހާމަކޮށް ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ޓީޗަރުންނާއި އަދި ބައެއް އިދާރީ މުވައްޒަފުން އެމަނިކުފާނާ ބައްދަލު ކުރީ އާދީއްތަ ދުވަހުގެ ރޭ އަތޮޅުގޭގައެވެ. މި ބައްދަލު ކުރެއްވުމުގައި ސިވިލް ސަރވިސްގެ މި މުވައްޒަފުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ. އަދި އިބޫ ވެސް ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާ މެދު އެމަނިކުފާނުގެ ސިޔާސަތު ހާމަކުރައްވާފައެވެ.  

އިބޫއާ އެކު މިރޭ ބައިވެރިވި ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް މުވައްޒަފުން

މި ބައްދަލުވުމުގައި އެންމެ އިސްކޮށް ބައިވެރިވި އެކަކު ކަމަށްވާ ދ. އަތޮޅު މަދަރުސާގެ ލީޑިންގ ޓީޗަރު މުހައްމަދު ފަޔާޒް ބުނީ އެ މީހުން އިބޫއާ ބައްދަލުކޮށް ތާއިދުކުރާކަން ހާމަކުރީ ޓީޗަރުންނަށް ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެވޭނެ ކެންޑިޑޭޓަކީ އެއީ ކަމަށް ދެކިގެން ކަމަށެވެ.

ޓީޗަރުންގެ ބައެއް ކަންބޮޑުވުންތަކުގެ ގޮތުގައި ފަޔާޒް ފާހަގަ ކުރީ ޓީޗަރުންނަށް ލިބޭ މުސާރަ ކުޑަވުމެވެ. ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭ އިރު އެމީހުންނަށް ޖެހެނީ ދިރިއުޅުމަށް އިތުރު މަސައްކަތެއް ކުރަން ކަމަށް ފަޔާޒް ބުންޏެވެ.

ދ. އަތޮޅު ތައުލީމީ މަަރުކަޒުގައި ގިނަ ދުވަސްވީ ބައެއް ޓީޗަރުން، އިބޫއާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން

އަދި ތައުލީމީ މަރުކަޒަށް ކްލާސްރޫމް މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު އެކަމަށް ހައްލު ހޯދައިދިނުމަށް 2016 ވަނަ އަހަރުން ފެށިގެން އަޅަން އުޅުނު ކްލާސްރޫމްތަކުގެ މަސައްކަތް ހުއްޓިފައި އޮތީ ސިޔާސީ ކަންތައްތަކެއްގެ ތެރެއިން ކަމަށް ވެސް ފަޔާޒް ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 17:17
Kamana
Rattu haadha fahathaku birun thiyaee shukuru nukauraa bayaku dhieiulhey rasheh